ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމީ ތަރީންގެ ލިސްޓުގެ ކުރީގައި ހިމެނޭ ޝާހް ރުކް ހާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިގެން ގޮސްފައިވާ ފިލްމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 21 ގައި ނެރުނު ޒީރޯ އިންނެވެ. އޭގެ ފަހުން އެއްވެސް ފިލްމަކުން އޭނާ ފެނިގެން ގޮސްފައި ނުވެއެވެ.

ނަަމަވެސް އޭނާގެ ފިލްމަތަކަށް އިންތިޒާރު ކުރަމުންދާ ފަރާތްތަކަށް އޮތް އުފާވެރި ހަބަރަކީ އޭނާ މިހާރު އާ ފިލްމެއްގެ ޝޫޓިންއަށް ތައްޔާރު ވެފައިވާ ކަމެވެ.

ދުބާއިގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިޔާއަށް އައިސް ޝާހް ރުކް ކުޚޭ ފިލްމުގެ ނަމަކީ ޕަތަން އެވެ.

މުމްބައި ގެ ޔާޝް ރާޖް ސްޓޫޑިއޯ އިން ސަލްމާން އިއްޔެ ފެނިގެން ގޮސްފައިވާއިރު ޝާހް ރުކް ގެ ފޭނުން އެ ސަރަހައްދަ އޭނާ ދެކެލުމަށް އެއްވެފައި ތިއްބެވެ. އަދި ޝާހް ރުކްގެ ފޮޓޯތަކުން އޭނާގެ ފޭނުންގެ މީސް މީޑިޔާ ފުރަމުންދާއިރު އެ ސަރަހައްދު އޮތީ އެއްކޮށް ފުރިފަ އެވެ. ޕަތަން އަކީ ސިއްދާތް އަނަންދް ޑައިރެކްޓު ކުރާ ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފަށާ ދުވަސް އަދި ހާމަކޮށްފައި ނުވާއިރު ފިލްމުގެ އެހެނިހެން ކަން ތައްޔާރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޝާހް ރުކް އަށް ހަވާލާދީ އިންޑިޔާގެ ނޫހަކުން ބުނެފައި ވަނީ ފިލްމު ޕަތަން ކުޅުމުގެ ފުރުސަތު ސިދާތް އަނަންދު ދިނުމުން ޝާހް ރުކް ވަރަށް ހިތްހަމަ ޖެހުނު ކަމަށެވެ. މި ފިލްމުގައި ޝާހް ރުކްގެ އިތުރުން ދެން ފެނިގެންދާނެ ތަރީންނަކީ ދީޕިކާ ޕަދުކޮން އާއި ޖޯން އަބްރަހަމް އެވެ. މި ދެ ތަރީން ފިލްމުގެ ޝޫޓިންގައި ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ރަސްމީ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ މި ދެ ތަރީން ޝޫޓިން ގައި ގައި ބައިވެރިވާނީ 2021 ގައި އެވެ.

ޝާހް ރުކް ހާން އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމު ޒީރޯ އަކީ އާނަންދް އެލް ރައި ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީ ފިލްމަކަށް ވާއިރު ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ހިމަންޝޫ ޝަރްމާ އެވެ. ޝާހް ރުކްގެ އިތުރުން ފިލްމުގައި ދެން ފެނިގެންދާ ތަރީންނަކީ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކައިފް އެވެ. ފިލްމަށް މުޅި ޖުމްލަ 28 މިލިއަން ޑޮލަރު ހަރަދުވިއިރު މި ފިލްމަކީ ޝާހް ރުކް ހާން ކުޅުނު އެންމެ އަގުބޮޑު ފިލްމެވެ. އަދި މި ފިލްމަށް 64 ވަނަ ފިލްމު ފެއާ އެވޯޑުން ގިނަ އެވޯޑުތައްވެސް ލިބިފައި ވެއެވެ.