އިންޑިއާގެ އަންޓަޗް އިންޑިއާ ފައުންޑޭޝަންގެ ފަރާތުން ޝާހްރުކް ޚާންގެ ގެ މަންނަތު ކައިރީގައި މުޒާހަރާއެއް ކުރަން ރޭވުމާއި ގުޅިގެން ފުލުހުން އެ ގެ ކައިރީގައި ހަރަކާތްތެރިވެއްޖެއެވެ.

މި މުޒާހަރާއަކީ ޝާހްރުކް ބައެއް ގޭމްތައް އެންޑޯސް ކުރާ ކަމަށް ބުނެ ކުރަން ރޭވި މުޒާހަރާއެކެވެ. މި މުޒާހަރާ ރޭވި ފަރާތްތަކުން ބުނަނީ މިކަމުގެ ސަބަބުން ކުދިން މަގުފުރެދޭ ކަމަށެވެ.

މި މުޒާހަރާއާ ގުޅިގެން އެ ގެ ކައިރީގައި ވަރުގަދަ ފުލުުހުން ދަނީ ހަރަކާތްތެރިވަމުން ގޮސްފައި ވެއެވެ

މި ގޭމްތައް ލޯންޗް ކުރުމުގެ ކުރިން ވަރަށް ބޮޑަށް އިޝްތިހާރުވެސް ކުރިއެވެ.

މުޒާހަރާ އިންތިޒާމްކުރި ގުރޫޕުގެ ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ މި އިޝްތިހާރުތަކުގައި މަޝްހޫރު އެކްޓަރުންނާއި ބަތަލާ މަސައްކަތް ކުރާ ކަމަށެވެ. އެ މީހުން މަސައްކަތް ކުރަނީ މުޖުތަމައު އޮޅުވާލުމަށް ކަމަށް ބުނެފައި ވެއެވެ.

"ޝާހްރުކް ޚާންގެ މަންނަތު ބަންގްލޯ ގެ ބޭރުގައި މި މުޒާހަރާ އޮންނާނީ އަންޓަޗް އިންޑިއާ ފައުންޑޭޝަންގެ ފަރާތުން.". މިހެން ބުނެފައި ވެއެވެ.

ޝާހްރުކް ޚާންގެ އިތުރުން އަޖޭ ދޭވްގަން، ރަކުލް ޕްރީތު ސިންގް، ޕްރަކާޝް ރާޖް، އަންނޫ ކަޕޫރު، ރާނާ ދަގޫބަތީ އަދި އޮންލައިން ގޭމް ޕްރޮމޯޓް ކުރާ ކްރިކެޓް ކުޅުންތެރިންނާ ދެކޮޅު ކަމަށް އެ ގްރޫޕުން ވަނީ ބުނެފައެވެ.

"މި ތަރިންގެ ގެތަކުގެ ބޭރުގައި ވެސް އިހުތިޖާޖު ކުރަން ބޭނުންވި ނަމަވެސް ފުލުހުން ވަނީ އަޅުގަނޑުމެން ހިފަހައްޓާފައި،".

ޝާހްރުކް މިހާރު އަންނަނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ޖަވާން" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންނެވެ. އެޓްލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ނަޔަންތާރާ އެވެ.