ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާންއަށް ފާޑުކިޔުމުން ޕާކިސްތާނުގެ ބަތަލާ މަހްނޫރް ބަލޮޗްއަށް ޝާހުގެ ސަޕޯޓަރުންގެ ފަރާތުން މީސް މީޑިއާގައި ނަފްރަތުން ފުރިފައިވާ ރައްދުތައް ލިބެން ފަށައިފިއެވެ.

އެގޮތުން، ޕްލާސްޓިކް ސާޖަރީ ހަދާފައިވާ މަގްބޫލު ނޫން މީހަކު ޝާހުއާއި ދިމާލަށް ބަސްބުނުމުގެ ހައްގު އެބައޮތްތޯ ޕާކިސްތާން މީހުންވެސް ބުނެފައިވެއެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާން އަކީ އެކްޓް ކުރަން ނޭނގޭ މީހެއް ކަމަށާއި، އޭނާ ވަރަށް ހުތުރު ކަމަށް މަހްނޫރް ބަލޮޗް ބުނެފައިވެއެވެ.

އޭނާ މިގޮތަށް ބުނި ނަމަވެސް ޝާހްރުކް އަކީ ދުނިޔޭގައި ތިބި އެންމެންގެ ފޭވަރިޓް ބޮލީވުޑް ތަރިއެވެ. އޭނާއަކީ އެންމެންގެ "ކިންގ ޚާން"އެވެ. އެތައް ބަޔަކު އޭނާ ދެކެ ލޯބިވެ، އެ ވާހަކަތައް ބަންޑުންކޮށްލައެވެ. އޭނާ ދުނިޔޭގައި ހުރީތީވެސް އޭނާ ދެކެ ލޯބިވާ މީހުން މަދެއް ނޫނެވެ.

ނަމަވެސް ޕާކިސްތާނުގެ އެކްޓަރު މަހްނޫރު ބަލޮޗްގެ ވިސްނުން ތަފާތެވެ. ސަމާ ޓީވީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޝާހްރުކް އަކީ ރަނގަޅު އެކްޓަރެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ރީތި މީހެއް ނޫން ކަމަށް ވެސް ދެކޭ ކަމަށްވެސް ބުނެފައި ވެއެވެ. އޭގެ ފަހުން ހަގީގަތުގައި ވެސް މީހާއަކީ ރީތި ހިތްގައިމު މީހެއް ކަމަށް އޭނާ ގަބޫލުކުރާ ކަންކަން ކިޔައިދީފައި ވެއެވެ.

މަހްނޫރް ބުނީ ޖިސްމާނީ ސިފައަކީ ވެސް ހަމައެކަނި މީހެއްގެ ޝަހުސިއްޔަތު ކަނޑައެޅޭ އެއްޗެއް ނޫން ކަމަށެވެ.

އަދި ޝާހްރުކް އަކީ ހަމައެކަނި "މޮޅު ވިޔަފާރިވެރިއެއް" ކަމަށާއި "އަމިއްލަ އަށް މާކެޓް ކުރާނެ ގޮތް" އެނގޭ ކަމަށެވެ. އަދި އެކްޓިން ވެސް ނޭނގޭ ކަމަށް ބުނެފައިވެއެވެ.

އިތުރަށް އޭނާ ބުނީ "ޝާހްރުކްއަކީ ވަރަށް ރަނގަޅު ޝަހުސިއްޔަތެއް ހުރި މީހެއް. ނަމަވެސް "ބިއުޓީ ޕެރަމީޓަރު"ތަކާއި ރީތި ކަމަށް ބެލެވޭ ގޮތެއް އޭނާގެ ނެތް. އޭނާގެ ޝަހްސިއްޔަތުގެ ސަބަބުން އޭނާ ރީތިވަނީ. އޭނާގެ އަތުގައި އެ އެއްޗެއް އެބަހުރި، އެކަމަކު ވަރަށް ރީތި މީހުން އެބަތިބި. އެކަމަަކު އެ މީހުން ފާހަގައެއް ނުވޭ".

މީގެ އިތުރުން އޭނަ ވަނީ ޝާހްރުކްގެ އެކްޓް ކުރުމަށްވެސް ފާޑު ކިޔައިފައެވެ. އަދި ޝާހްރުކް އާ ގުޅޭގޮތުން އޭނާ ދައްކާ ވާހަކަ ފޭނުން ގަބޫލު ނުކުރާނެ ކަމަށް އޭނާ ބުންޏެެވެ.

ޝާހްެއަށް މަލާމަތް ކުރި މީހުންނަށް ރައްދު ދެމުންދާ މީހުން ބުނާގޮތުގައި، "އޭނާ މި ކިޔަނީ ކޮން ކަހަލަ ބޭކާރު ވާހަކަތަކެއްތަ؟ ޝާހްރުކް އަކީ ފެންވަރު ރަނގަޅު އެކްޓަރެއް އަދި ލެޖެންޑެއް."

އެހެން މީހަކު ބުނެފައިވާގޮތުގައި އޭނާ މަސައްކަތް ކުރަނީ އޭނާގެ އިންޓަވިއުގައި ޝާހްރުކާ ބެހޭ ގޮތުން ކޮމެންޓްކޮށްގެން މަގުބޫލުކަން ހޯދުމަށެވެ. އޭނާ އަކީ ތިބާއަށްވުރެ މާ މޮޅު އަދި ކާމިޔާބު މީހެއް ކަމަށްވެސް ބުނެ ފާޑު ކިޔަމުންދާ މީހުން މަދެއް ނޫނެވެ.

"ޝާހްރުކް ދުވަހަކުވެސް އެއްވެސް މީހަކަށް މިކަހަލަ ކޮމެންޓެއް ނުދޭނެ. އެހެންވީމަ އޭނާއަކީ ވެސް ތިބާއަށް ވުރެ މޮޅު މީހެއް،" އެ މީހަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑިމޮކްރަސީ

    އެމީހަކަށްރީތި ނޫނިއްޔާ ރީތި ނޫނޭ ބުނުމުގެ ޙައްޤު އޮންނާނެ ކޮންފާޑެއްކިޔާކަށް

    23
    6
  2. Anonymous

    އަހަންނަކައް ރީތި މީހެއްނޫން އެއީކީ އަދި އޭނައީ އަހަރެންގެ ފެވަރިޓެއްވެސްނޫން. އަހަރެންނުވެސްބަލަން އޭނާގެ ހުރިހާ ފިލުމެއްވެސް.

    12
    4
  3. އަހަރެން

    ޝާހް އަކީ މޮޅު އެކްޓަރެއް ނޫން .. ރީތި ހުތުރު ކަމަކީ ﷲ އަށް އޮތް ކަމެއް . އެކަމަށް ފާޑު ކިޔާކަށް ނުވާނެ .

    9
    6
  4. އާސިޔާ

    އަސްލުވެސް ޝާހުއަކީ މޮޅު އެކްޓަރެއް ނޫން. އޭގެ ހެއްކަކީ، އޭނަގެ މޮޅުވާހަކަ ދައްކާއިރު އެ ދެއްކެނީ އެންމެ ޢާއްމު އެއް ޙަރަކާތް ކަމަށްވާ މަރުޙަބާގެ ޙަރަކާތް. އެއީ އޭނާގެ އުކުޅު. އޭނައަކީ އަސްލުވެސް މާކެޓް ކުރަން ވަރަށް މޮޅު މީހެއް. އޭނައަމިއްލައަށް އޭނަ ޕްރޮމޯޓްވީ. އަންހެންކުދިންގެ އިހްސާސްތަކާ ކުޅޭކަހަލަ މަންޒަރުތަކާއި އަޑުތަކުން އޭނަ މަޝްހޫރުވީ. އެއްގޮތަކަށްވެސް މޮޅު އެކްޓަރެއް ނޫން އެއީ. އިމޯޝަނަލް ޓަޗް އިޒް އޯލް ހީ ހޭވް. ދެން ސިފަޔަށް ނޭނގެ ބުނާނެ އެއްޗެއް .އެކިމީހުންނަށް ރީތިވާނީ އެކި ވައްތަރު. ގައިމުވެސް އަހަންނަކަށް އޭނަ ރީއްޗެއް ނޫން.

    8
    2
  5. މުބީނު މާރނީ.

    މުސްލިމެއް ގެ ނަމުގަ ހުރެގެން ހުރިހާ ޔަޙޫދީ ކަމެއް ކުރާ މީހެއް ޝާޙްރުކް ޙާން އަކީ. ހަށިގަނޑު ރީތި. އިސްކޮޅު ރީތި. މޫނު ރީތީ ސަލްމާން ގެ.

    7
    3
  6. ރާއިމް

    އެންމެ އަންހެނަކަށް ރީތި ނުވިއަސް ގިނަ އަންހެން ކުދިންނަށް ފިރިހެނަކު ރީތިވެއްޖިއްޔާ އެހުރީ އެފިރިހެނަކު ރީތިވެފަ. އެމީހެއްގެ ފިލްމް ބެލުމަށް އަދި އެމީހަކު ކުޅޭ ފުޓްބޯޅަ މެޗް ބެލުމަށް ދާނެ މީހުން ލިބޭނެ. އަހަރުމެން ރާއްޖޭގައި ދިވެހި ފިލްމް ބެލުމަށް ސިނަމާއަށް ދާނެ މީހުން ނުވަނީ ޒުވާން ދެޖިންސް މީހުން ގަޔާވާ ކަހަލަ ބަޔަކު ދިވެހި ފިލްމު ތަކުގައި ނޫޅޭތީ ކަމަށް ވެދާނެ. މިކަމަށް ދިވެހި ފިލްމް އުފައްދާ ފަރާތްތަކުން ވިސްނާތަނެއް ނުފެނޭ.