ސުޝާންތު ސިންގު ރާޖުޕޫތުގެ މަރުގެ މައްސަލައިގައި ބޮލީވުޑުގެ ފަންނާނުންނާއި ޚިލާފަށް އެ މީހުން ބަދުނާމު ކުރުމަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ވަރަށް ގިނަ ފަންނާނުން ވަނީ ކޯޓަށް މައްސަަލަ ހުށަހަޅައިފައެވެ.

މިގޮތުން އަކްޝޭ ކުމާަރުގެ ނަން ބަދުނާމު ކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ޔޫޓިއުބަރ ރާޝިދު ސިއްދީގީއާއި ޚިލާފަށް އަކްޝޭ ކުމާރު ހުށަހެޅި މައްސަލައިގައި ރާޝިދު ވަނީ 500 ކްރޯރް ރުޕީސް އަކްޝޭއަށް ދިނުމަށް ކޯޓުން އަންގާފައެވެ.

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އަކްޝޭ ހުށަހެޅި މި މައްސަލައިގެ ސަބަބުން ރާޝިދު 500 ކްރޯރު ރުޕީސް ދައްކަން ޖެހުމުން އެކަމުގެ ދިފާއުގައި އޭނާ ބުނެފައިވަނީ ކޯޓުން އެ މައްސަލަ ނެގުމަށެވެ. އެހެންނޫން ނަމަ އަކްޝޭއަށް ގާަނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ރާޝިދު އިތުރަށް ބުނެފައިވަނީ ސުޝާންތުގެ މަރާއި ބެހޭގޮތުން އެހެން ޔޫޓިއުބަރއިންނާއި ބްލޮގާސްއިންނާއި ސޯޝަލް އިންފުލުއެންސާއިންނާއި ބައެއް ޖާނަލިސްޓުން ވެސް ވަނީ ރަނގަޅު މަޢުލޫމާތު ނުލިބި އެ ވާހަކަތައް ހިއްސާ ކޮށްފައި ކަމަށާއި ނަމަވެސް އަކްޝޭ ކުމާރު ހަމައެކަނި އޭނާގެ މައްސަލަ ޖެއްސުމަކީ އޭނާ ބަދުނާމު ކުރުން ކަމަށެވެ.

އެއްވެސް މީހަކު ބަދުނާމު ކުރުމަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އެއްވެސް މީހެއްގެ އަބުރަށް ގެއްލުން ވާނޭ ފަދަ އެއްޗެއް ބުނެފައި ނުވާނެ ކަމަށާއި އޭނާ ހާމަކޮށްދިނީ ކަން އޮތް ގޮތާއި ހަގީގަތް ކަމަށް ވެސް ރާޝިދު ބުނެފައިވެއެވެ.

އަކްޝޭގެ މި މައްސަލައަށް ރާޝިދު ދިން ރައްދުން ގިނަ ބައެއްގެ ހިތުގައި މިހާރު އުފެދެމުންދާ ސުވާލަކީ އަކްޝޭ ކުމާރު މި މައްސަލަ އަނބުރާ ނަގާނެބާވައެވެ؟

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަކްޝޭ

    އޭ ރާޝިދު! އަކްޝޭ ކޯޓަށް ދާނީ ފަހަރަކު މީހެއްގެ މައްސަލައެއް ހިފައިގެން ކަލޭ ނުފުއްޕާ ހުރޭ.. މައްސަލައެއް ނުނަގާނަން. ރާޝިދު ތިޔަބުނާ ކަންކަން ސާބިތުވާނީ އަކްޝޭ އެމީހުންގެ މައްސަލަ ހިފައިގެން ކޯޓަށް ނުދިއްޔާއެއްނު. އަދި އެހެން މީހުންގެ މައްޗަށް ދަޢުވާ ނުކުރެވިފައެއްނެތެއްނު ....

    2
    2