ކުޅޭކުޅޭ މިނިކާވަގެއް އަތުލަން 45 މިނިޓް ވަންދެން ސްކޮޓްލޭންޑްގެ ފުލުހުން ހަތިޔާރާ އެކު ހަރަކާތް ތެރިވެއްޖެއެވެ.

ސްކޮޓްލޭންޑްގައި މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ ބަޔަކު، މިނިކާވަގެއް އަތުލައިގަންނަން އެތައް އިރަކު މަސައްކަތްކުރި ފަހުން އެއީ ކުޅޭ އެގުނީ އެ މިނިކާވަގަކީ ކުޅޭކުޅޭ އެއްޗެއް ކަމެވެ.

މިނިކާވަގެއް ދަނޑެއްގައި އުޅޭ ކަމަށް ބުނެ މީހަކު ފުލުހުންނަށް ރިޕޯޓް ކުރުމާ އެކު ފުލުހުން އެތަނަށް ދިޔައީ ހަތިޔާރާ އެކުގަ އެވެ. އަދި އެ ހިސާބުގައި ވައިލްޑްލައިފް ޕާކެއް އޮތުމާ އެކު އެތަނުން މިނިކާވަގެއް ފިލާފައިވޭތޯ ވެސް ބެލި އެވެ.

މި މިނިކާވަގަކީ އަސްލު އެއްޗެއް ނޫން ކަމާއި އެއީ ކުޅޭ އެއްޗެއްކަން އެނގުނީ މިނިކާވަގު އޮތް ސަރަހައްދަށް ގޮސް އެސޮރު ވަށާލައިގެން 45 ވަރަކަށް މިނިޓް ވަންދެން އެޔާ ކުރިމަތިލައި އެ ހައްޔަރު ކުރަން މަސައްކަތްކުރި ފަހުންނެވެ.

މި ކަން މީސް މީޑިއާގައި މަޖާ ކަމަކަށް ވެފައިވާ އިރު މި ކަން ރިޕޯޓް ކުރި މީހާ ބުނި ގޮތުގައި އެއީ ދޮގު ހަދައިގެން މަޖަލަކަށް އެމީހާ ކުރިކަމެއް ނޫނެވެ. ހަގީގަތުގައި ވެސް މިނިކާވަގެއް ކަމަށް ހީކޮށް ބިރުން ފުލުހުންނަށް ގުޅީ ކަމަށް އޭނާ ބުނެއެވެ.

ފުލުހުން ބުނީ އަސްލު މިނިކާވަގެއް ކަމަށް ހީކޮށް ކުޅޭއެއްޗަކަށް ފާރަލެވުނީ މިކަން ހިނގީ ރޭގަނޑުގެ ވަގުތުގައި ކަމުން މިނިކާވަގުގެ ހަރަކާތްތައް ރަނގަޅަށް ނުފެނުމުންނެވެ. ނަމަވެސް މިފަދަ ބޭކާރު މަސައްކަތް ކުރެވުނު ސަބަބު އިތުރަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    އަންނިމެންވެސް ތިޔަކަހަލަ ބޭކާރު ކަންތައްކުރަނީ ވެރިކަމައްއަރާ ލާރިކެއުން ދެން ކުރަން އެނގޭ އެތްމެ ރަނގަޅުކަމަކީ.

    17
    6