ބޭނުންވާ ތަކެތި: (2 މީހުންނަށް)

ގްރީން ކަރީ ޕޭސްޓަށް:

8-10 ތޮޅި މިރުސް (ކޮށާފައި)

20 ގުރާމު ލެމަން ގްރާސް (ކޮށާފައި)

15 ގުރާމު ފިޔާ (ކޮށާފައި)

10 ގުރާމު ލޮނުމެދު (ކޮށާފައި)

10 ގުރާމު އިނގުރު (ގާނާފައި)

50 ގުރާމު ކޮތަނބިރި މޫ (ކޮށާފައި)

50 ގުރާމު ދިރި

5 ގުރާމު ކޮތަނބިރި އޮށް

10 ގުރާމި ޝްރިމްޕް ޕޭސްޓް

ކަރީ އަށް:

100 ގުރާމު ޗިކަން ބްރެސްޓް (ކަށި ނެތް ކުކުޅު)

10 ގުރާމު ހަކުރު

4 ބަށި (ކޮށާފައި)

5 މިރުސް

15 ގުރާމު ބޭސިލް

10 އެމްއެލް ތެޔޮ

150 އެމްއެލް ކާށި ކިރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕޭސްޓް ހެދުމަށް، ހުރިހާ ބާވަތްތައް މުގުރާށެވެ.

އެއަށްފަހު، ތެއްޔެއްގެ ތެރޭގައި ތެޔޮފޮދު ހޫނުކުރާށެވެ. އަދި އޭގެތެރެއަށް ޕޭސްޓު އަޅާށެވެ. އެއަށްފަހު، ތެލީގެ ތެރެއަށް ކުކުޅުކޮޅު އެޅުމަށްފަހު ރަނގަޅަށް ކައްކަން ފަށާށެވެ. ދެން، އޭގެތެރެއަށް، ކާށި ކިރު، ހަކުރު، މިރުސް އަދި ލޮނު އެޅުމަށްފަހު، ކުކުޅުކޮޅު ރޯ ފިލަންދެން ކައްކާށެވެ. އޭގެ ފަހުން، އޭގެތެރެއަށް ބޭސިލް އަޅާށެވެ.

މި ރިހަ އެންމެ މީރުވާނީ ބަތާއެކުގައެވެ.