މިސްރުގެ ވެރިރަށް ގާހިރާގެ ބޭރުގައި ހުންނަ އަހުރާމްތައް ނުވަތަ ޕިރަމިޑްތަކަކީ ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ބަޔަކު ޒިޔާރަތްކުރާ، ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލް ތަނެކެވެ. ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ޒިޔާރަތްކޮށް އެތަނުގައި ތިބެ ތަފާތު ގޮތްގޮތައް ފޮޓޯ ނަގައެވެ. އެއިން މީހަކު ކުއްވެރިވެގެން ވެސް ނޫޅެއެވެ. ނަމަވެސް މިފަހަރު މިއޮތީ ފޮޓޯ ނެގި ފޮޓޯގްރާފަރު ކުއްވެރިވެފައެވެ.

މިސްރުގެ މީޑިއާ އާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ފޮޓޯގްރާފަރު ކުއްވެރިވީ މޮޑެލްއެއް ބޭނުން ކޮށްގެން ނެގި ފޮޓޯތަކަކީ މާބޮޑަށް ހިތްދަމައިގަންނަ ޒާތަކަށް ނަގާފައި ހުރި ފޮޓޯތަކަކަށް ވުމުންނެވެ.

މިފޮޓޯތަކުން ފެންނަނީ މިސްރު މީހުންގެ މެދުގައި މަގުބޫލް ނެށުންތެރިއެއް ކަމަށްވާ ސަލްމާ އަލް-ޝިމީއެވެ. ސަލްމާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މިފޮޓޯތައް އާއްމު ކޮށްފައެވެ. ނަމަވެސް ފޮޓޯގްރާފަރު ހައްޔަރު ކުރުމާއިއެކު ފޮޓޯތައް ވަނީ އިންސްޓަގްރާމުން ރިމޫޒް ކޮށްފައެވެ.

ގަޔަށް ބާރު ހެދުމުގައި މިސްރުގެ އާދަކާދަ އާއި ގުޅޭ ބައެއް ގަހަނާތައް ސަލްމާ އަޅައިގެން ހުރެ ނެގި ފޮޓޯތަކުގެ މައްސަލަ ބަލަމުންދާކަން މިސްރުގެ ކަމާބެހޭ އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް ހައްޔަރު ކޮށްފައިވާ ފޮޓޯގްރާފަރުގެ ގާތް ފަރާތްތަކުން މީޑިއާއަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ފޮޓޯގްރާފަރު ހައްޔަރު ކުރީ އެފޮޓޯތަކުގެ މައްސަލައިގައެވެ.

މިސްރުގެ ބައެއް މީހުން ދަނީ މީސް މީޑިއާގައި އެފޮޓޯތަކާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

https://twitter.com/Allaa43581633/status/1333722259102576640?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1333722259102576640%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.middleeasteye.net%2Fnews%2Fegypt-pyramid-saqqara-photoshoot-arrested

މިސްރުގެ ޓްއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިސްރުގެ އަހުރާމްތަކާއި އާދަކާދައަށް އިހްތިރާމް ކުޑަވާ ގޮތައް ހިންގާ އަމަލުތައް ހުއްޓުވާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު