ކުރެވޭ ބައެއް ކަންތައްތަކަކީ އެކަމެއްގެ ސަބަބުން މުޅި އުމުރު ދުވަހު ވެސް ހިތާމަ ކުރަން ޖެހޭ ކަމަކަށް ވެއެވެ. ހަޔާތުގައި ބައެއް ފަހަރު ދިމާވާ ކަންތައްތަކަކީ ދެން އިތުރަށް ތަކުރާރު ނުވާނެ ކަންކަމެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުހޯދޭ ފަދައިން ބައެއް ކަންކަން ދިރިއުޅުމުގައި ތަކުރާރެއް ނުކުރެއެވެ.

ދަރިފުޅުގެ ގްރެޖްއޭޝަން އަކީ މައިންބަފައިންނަށް ވެސް އަންނަ ވަރަށް ބޮޑު ދުވަހެކެވެ. މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް މާބޮޑަށް ވައިރަލް ވެފައި ވަނީ ވެސް އެހެންވެގެންނެވެ.

އަންހެން ދަރިފުޅުގެ ގްރެޖްއޭޝަން އަށް ގޮސް އިން ބައްޕަ އަށް ހެދުނު ވަރަށް ކުޑަކުޑަ ގޯހެއްގެ ސަބަބުން ދަރިފުޅުގެ ގްރެޖުއޭޝަން މަންޒަރު ވީޑިއޯއެއް ނުކުރެވުނެވެ. ދަރިފުޅުގެ ވީޑިއޯގެ ބަދަލުގައި ބައްޕަ އަށް ވީޑިއޯ ކުރެވުނީ ބައްޕަގެ މޫނެވެ.

ދަރިފުޅު ގްރެޖުއޭޓްވާ މަންޒަރު ވީޑިއޯ ކުރަން ބައްޕަ ފޯނުގެ ކެމެރާ އޮންކޮށްލިއިރު އިނީ ފޯނުގެ ކުރިމަތީގައި އިންނަ ކެމެރާ އަށް ލެވިފައެވެ. ކެމެރާ ބަދަލު ކުރަން ޖެހޭ ކަން ބައްޕަ އަށް އެނގުނީ ތަންކޮޅެއް ފަހުންނެވެ. ނަމަވެސް އެކަން މާފަސޭހައިން ކުރެވޭ ގޮތެއް ވެސް ނުވިއެވެ.

ބައްޕަ އަށް ސެލްފީ ރެކޯޑް ކޮށް ނިމިގެން ކެމެރާ ބަދަލު ކޮށްލެވޭ ވަރުވިއިރު ދަރިފުޅުގެ ގްރެޖުއޭޝަން ނިމިއްޖެއެވެ. ދެން ހަޔާތުގައި ތަކުރާރު ނުވާނެ އެމަންޒަރު ވީޑިއޯ ކޮށްލުމުގެ ފުރުސަތު ބައްޕަ އަށް ގެއްލުނީއެވެ.

https://www.facebook.com/ClassicDadMoves/videos/956580327840256/

ކުރާނެ ކަމެއް ނެތެވެ. ގެއްލިއްޖެ ވަގުތެއް ދެން އަނބުރާ ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު