އިނގިރޭސި ވިލާތުގެ އަމީރު ޗާލްސްއަކީ ބަގީޗާ ހެއްދުމަށް ވަރަށް ޝައުގުވެރިވާ ބޭފުޅެކެވެ. ފާއިތުވި 70 ވަރަކަށް އަހަރު ޗާލްސް ވަނީ ބަގީޗާ ހެއްދުމަށް ސަމާލުކަން ދެއްވާ ކަމަށް އެކި ޕޯޑިޔަމް ތަކުގައި ވާހަކަ ދައްކަވައިފައެވެ. އަދި ޗާލްސްގެ ގިނަ ވާހަކަތަކުގައި ގަސް ހެއްދުމަށް އެ ބޭފުޅާ ވަރަށް ލޯބި ކުރާކަން ހާމަވެއެވެ. އަދި އެކި މުނާސަބާތާ ގުޅިގެން ދައްކަވާފައިވާ ވާހަކަތަކުގެ ރިކޯޑިން ވެސް މިއަދާ ހަމައަށް ފެންނަން އެބަ ހުއްޓެވެ.

ފިލްމާއި ޑޮކިއުމެންޓަރީ އޮންލައިންކޮށް ބަލާ އެއް އެޕްލިކޭޝަން ކަމަށްވާ ނެޓްފްލިކްސް އިން ގެނެސްދޭ އެއް ސިލްސިލާ، އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ މައްޗަށް ބިނާކޮށްފައި ސިލްސިލާއެއް ކަމަށްވާ "ދަ ކްރައުން" ގައި މިހާރު ގެނެސްދޭ އެޕިސޯޑުތަކުގައި ވެސް ޗާލްސް ގަސް އިންދުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާ ތަން ފެނިގެން ދެއެވެ. ޗާލްސް ހައްދަވާ ބަގީޗާތަކަކީ ވޯލްޑް ގާޑެން، ކިޗެން ގާޑެންގެ އިތުރުން ސަންކެން ގާޑެންއެވެ.

ފޮޓޯ: ގޫގުލް

އަމީރު ޗާލްސް 900 އެކްޓަރުގެ ސަރަހައްދެއް 1985 ވަނަ އަހަރުން ފެށިގެން ބައްލަވައެވެ. އާންމުންނަށް ވެސް ވަދެވޭ ގޮތަށް ހުޅުވާލާފައިވާ އެ ބަގީޗާ އަކީ އަހަރެއްގެ މައްޗަށް 40،000 މީހުން ޒިޔާރަތް ކުރާ ތަނެކެވެ. އެ ބަގީޗާގައި އެކި ވައްތަރުގެ މާމެލާ މެލީގެ ގަސްތަކާއި ކާޕެޓް ގާޑެން އާއި އެކި ކުލަކުލައި އެކި ވަތްތަރުގެ މާތަށް އެކި ދިމަދިމާލުން ފެންނަން ހުރެއެވެ.

ބަގީޗާ ހެއްދުމަށް ލޯބިކުރާ ޗާލްސް ވަނީ އާންމުންގެ ފަރާތްތަކަށް ވެސް ބަގީޗާ ހެއްދުމަށް ހިތްވަރު ދެއްވައި ވާހަކަ ދަންނަވައިފައެވެ. އެގޮތުން ރާނީ އެލިޒަބަތުގެ 60 ވަނަ ކޮރޮނޭޝަން ދުވަހު، 2013 ވަނަ އަހަރު ވަނަ ދުވަހު ޗާލްސް ދެއްކެވި ވާހަކަތައް ހިމެނެއެވެ. އަދި ބަޖީޗާ ހެއްދުމާއި ގުޅޭ އެތަކެއް ވާހަކަ ތަކެއް އަމީރު ވަނީ ދައްކަވައިފައެވެ.. އަމީރު ދެކެވަޑައިގަންނަވާ ގޮތުގައި ބަޖީޗާ ހެއްދުމަކީ އެކި ގޮތްގޮތުން އެމީހަކަށް ފައިދާ ކުރާނޭ ކަމެކެވެ. އެގޮތުން ފޫހި ފިލުވުމާއި ސިކުނޑިއަށް ހިތްހަމަޖެހުން ވެސް އެކަމުގެ ސަބަބުން ގެނުވައިދޭ ކަމަށް އަމީރުގެ ވާހަކަތަކުން އަންގައި ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އޭނަ ކައިރީގައި އަހާބަލަ ބަނބުކެޔޮ ހައްދަމުތޯ! އެއީ މި ތަނުގެ ރައްޔިތުންގެ މަޖިލީހަށް ނުހަނު ބޭނުންތެރި އެއްޗެއް!

    11