ލަވަކިޔުންތެރިޔާ ޝޯން މެންޑެސް އަދި ލަވަ ކިޔުންތެރިޔާ ކެމީލާ ކަބޭލޯގެ ލޯބީގެ ގުޅުން ވާނީ އެންމެ މަޝްހޫރުކޮށް ދެކެވޭ އެއް ލޯބީގެ ގުޅުމުގެ ވާހަކައަށެވެ. 2014 ވަނަ އަހަރު ޝޯއެއްގެ ބެކް ސްޓޭޖުން ދިމާވި ހިސާބުން ފެށިގެން ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވަމުން އައި މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ ނިމިދިޔަ އަހަރުގެ ތެރޭގައެވެ.

އެންމެ ފުރަތަމަ އެކުގައި ނެރުނު ކާމިޔާބު ލަވަ "އައި ލަވް އިޓް ވެން ޔޫ ކޯލް މީ ސެނޮރީތާ" މި ލަވައާ އެކު އެ ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ކަމަށް ބުނެ ވާހަކަ ދެކެވެން ފެށުނު ނަމަވެސް އެ ދެ ތަރިން އެކަމަށް ކޮމެންޓެއް ނުކުރެއެވެ.

ނަމަވެސް ދެ ތަރިން އެކުގައި ހިނގާލާފައިދާ މަންޒަރާއި ކާން ގޮސްއުޅޭ މަންޒަރު ފެނުން އާއްމުވުމުން އެ ދެ މީހުުން ލޯބީގެ ގޮތުން ގުޅުނުކަން ޔަގީންވިއެވެ.

މިހާރު އެ ދެ މީހުންގެ ކައިވެނީގެ އަޑު ވަނީ ގަދަވެފައެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝޯން ވަނީ ކެމީލާ އަކީ އުމުރު އެއްކޮށް އުޅެން ބޭނުންވާ ކަހަލަ މީހެއް ކަމަށް ބުނެފައެވެ. އަދި އޭނާ އަށް ލޯބި ހުށަހެޅުމާއި މެދުވެސް ވާހަކަދައްކާފައެވެ. ކެމީލާ އަށް ޝޯން ލޯބި ހުށަހެޅީވެސް ފަސް އަހަރުވަންދެން މަޑުކުރުމަށް ފަހުގައެވެ.

ނަމަވެސް ކެމީލާ ކައިރީގައި އިންނަން އަހާނެ ވަގުތަކާއި ތަނެއް އަދި ގޮތެއް އޭނާ ބުނެދީފައެއް ނުވެއެވެ.

އެއީ އޭނާގެ ލޯބި ގަބޫލު ނުކޮށްފާނެ ކަމުގެ ބިރަށެވެ. އޭނާ ވަނީ ކުރިން ކެމީލާއާ މެދު ލަވަތައް ލިޔުނުކަން ވެސް ހާމަކޮށްފައެވެ. އެގޮތުން "އައި ނޯ އައިކޭން ޓްރީޓް ޔޫ ބެޓަ" އަކީވެސް ކެމީލާ އަށް ލިޔެދިން ލަވައެއް ކަމަށާއި ކެމީލާ އަކީ އޭރުވެސް އޭނާ އަށް ވަރަށް ޚާއްސަ މީހެއް ކަމަށް ޝޯން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުޖު

    ޝާން ކީއްކުރީޔޭ