ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ މަންމައެއްގެ ރޯލުން ކަމަށް ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރީނާ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު ކަމަށްވާ "ވީރް ޑި ވެޑިންގް" ގައި އޭނާ ފެންނާނީ މަންމައެއްގެ ރޯލުންނެވެ.

ކަރީނާ ކަޕޫރުގެ އެންމެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ފިލްމު ޕްރޮޑިޔުސަރު ކަރަން ޖޯހަރުގެ ފިލްމުގައި މަންމައެއްގެ ރޯލު ކުޅެން ކަރީނާ ނިންމީ އޭނާއަށް "މަންމަ" އެއްގެ ރޯލު ކުޅެން ފަސޭހަވާނެތީ ކަމަށް ކަރީނާ ބުނެއެވެ.

"އަހަންނަށް ވަރަށް ފަސޭހަވާނެ މަންމަ އެއްގެ ރޯލު ކުޅެން. އެއީ އަހަންނަކީ މިހާރު 17 މަހުގެ ކުއްޖެއްގެ މަންމައެއް. އެހެންކަމުން ފިލްމުގައި އަހަންނަށް މަންމައެއްގެ ރޯލު އަދާކުރެވިދާނެ" ކަރީނާ ބުނެފައިވެއެވެ.

"ވީރް ޑީ ވެޑިންގް" އަކީ ލޯބީގެ ފިލްމެކެވެ. އެ ފިލްމުގައި ދައްކުވައިދެނީ އެއްފަރާ ދެކައިވެނި ކޮށްގެން އުޅޭ މީހެއްގެ ދިރިއުޅުން ހުންނަ ގޮތެވެ. މިއީ ކަރީނާ މަންމައެއްގެ ރޯލުން ފެނިގެންދާނެ ފުރަތަމަ ފިލްމުވެސް މެއެެވެ.

ކަރީނާއަކީ މީގެ ކުރިން "ބޮޑީގާޑް" ފަދަ އެތަކެއް މަޝްހޫރު ފިލްމުތަކެއްގެ ލީޑު ރޯލުތަކުން ފެނިގެން ގޮސްފައިވާ ކުޅަދާނަ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖައުފަރު

    އާނ އެހެންތާ ވާނީ މޭކަޕަށް ވެސް ކެތްވާނީ ވަކިވަރަކަށްތާ ދޯ. މުސްކުޅި ވީމަ އަސްލު ކުޅޭ ރޯލްތަށް ބަދަލުކުރަން ޖެހޭނެ.