ދުނިޔޭގައި އޮތް އެންމެ ގިނަ ދުވަސްވީ އަންހެން ޕެންޑާ މަރުވެއްޖެ އެވެ. ޖަނަވާރުން ދެކެ ލޯބިވާ ފަރާތްތަކަށް އަދި ހާއްސަކޮށް ޕެންޑާ ދެކެ ލޯބިވާ ފަރާތްތަކަށް މި ހަބަރު ވެގެންދާނީ ވަރަށް ހިތާމަވެރި ހަބަރަކަށެވެ.

ޒިން ޒިންގް ނަމަކަށް ކިޔާ މި ޕެންޑާ މަރުވެފައި ވަނީ ޗައިނާގެ ޒުލެއްގައި އޮއްވައެވެ. އުމުރުން 38 އަހަރާއި ހަތަރު މަހުގައި ޒިން ޒިންގް މަރުވި އިރު ޒިން ޒިންގް ބަލަހައްޓާ ޒުލުން ބުނީ އެ ޕެންޑާ މަރުވީ މިމަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ.

ޗައިނާގެ ޗޮންގްގިންގް ޒުލަށް އުމުރުން އެއް އަހަރުގައި ގެންދެވުނު ޒިން ޒިންގް މަރުވަންދެން އުޅެފައި ވަނީ ޒުލުގައި އެވެ. 1982 ވަނަ އަހަރު އުފަންވެފައިވާ ޒިން ޒިންގް އަކީ 36 ކުޑަ ޕެންޑާގެ މަންމަ އެވެ. އެ ޕެންޑާ ބަލަހައްޓާ ޒުލުން ބުނީ ޕެންޑާ މަރުވީ އެތެރެހަށީގެ ގުނަވަންތައް ފެއިލް ވެގެން ކަމަށެވެ.

ޒިން ޒިންގް މަރުވުމާއި ގުޅިގެން އެ ޕެންޑާ ބަލަހައްޓާ ޒުލުން ނެރުނު ބަޔާނެއްގައި ބުނީ ޒިން ޒިންގް މަރުވީ މިމަހުގައި ކަމަށާއި ޕެންޑާ މަރުވީ ނޭވާލާން އުނދަގޫވެ ކެއުމަށް ވެސް ނުކުޅެދިފައި އޮތްވާ ކަމަށެވެ. މި އަހަރުގެ އޮކްޓޯބަރު 21 ހުގައި ޒިން ޒިންގް ގަދައަށް ކެއްސައި އަދި ޖެހިގެން އައި ދުވަހު ކޮޅަށް ހުންނަން ވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށް ޒުލުން ބުނެއެވެ.

ޒިން ޒިންގް ގެ 38 ވަނަ އުފަންދުވަސްވެސް އެ ޕެންޑާ ގެންގުޅޭ ޒުލުން ފާހަގަ ކޮށްފައި ވެއެވެ.

އެންމެ ގިނަ ދުވަސްވީ ޕެންޑާ ގެންގުޅުނު ޒުލުން ވަނީ ޕެންޑާ މަރުވުމުން ހިތާމަފާޅުކޮށްފަ އެވެ. އަދި ޒިން ޒިންގް މަރުވި ގޮތް ހޯދުމަށް ތަޖުރިބާ ކާރުންގެ ޓީމަކުން ޒިން ޒިންގެ ހަށިގަނޑު ބަލާފައިވާކަމަށް ޒުލުން ބުނެއެވެ. ޒުލުން ބުނީ ތަޖުރިބާކާރުން ބެލި ބެލުމުން އެނގުނީ ޒިން ޒިންގް އަށް ކާއެއްޗެހި ހަޖަމް ކުރުމަށް ބުރޫ އަރައި، ނޭވާލާ ނިޒާމުގައި ޖަރާސީމު އުފެދިފައިވާ ކަމަށެވެ.

ޗައިނާ އަކީ އެންމެ ގިނައިން ޕެންޑާ ގެންގުޅޭ ގައުމެވެ. އެޤައުމުގައި ޕެންޑާ ތަކަށް ހާއްސަ ޒޫތަކާއި ކްލިނިކްތައް ހުންނައިރު ޗައިނާގެ ރައްޔިތުންގެ އިންތިހާއަށް ޕެންޑާތައް ދެކެ ލޯބިވެއެވެ.

ކިޔުންތެރިންގެ ހިޔާލު