ފިލިޕީންސަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ކްރިސްޓީން އެންޖެލިކާ އަކީ އެތައް ބައެއްގެ މެދުގައި މަގުބޫލް ޒުވާނެކެވެ. ރަސްމީ ވަޒީފާއެއްގެ ގޮތުގައި ފްލައިޓް އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރަމުން ގެންދިޔަ ނަމަވެސް އޭނާ އާއްމުންގެ މެދުގައި މަޝްހޫރު ވެގެން ދިޔައީ މީސް މީޑިއާގައި އާއްމުކުރާ ފޮޓޯތަކުންނާއި ވީޑިއޯތަކުންނެވެ.
އެންޖެލިކާގެ ހަޔާތް ވަރަށް އުފާވެރިއެވެ. ކޮންމެ ދުވަހަކު އެއްގައުމުން އަނެއް ގައުމަށް އުދުހި، އެތަންތަނުގެ ރީތި މަންޒަރުތައް ގެންދިޔައީ އާއްމުންނާއި ހިއްސާ ކުރަމުންނެވެ. ނަމަވެސް އެއުފާވެރިކަން މާގިނަ ދުވަހު ދެމެހެއްޓޭ ގޮތެއް ނުވިއެވެ. އުމުރުން އެންމެ 23 އަހަރުގައި ވަރަށް އަނިޔާވެރި ބައެއްގެ އަތްދަށުވެ އޭނާ މިވަނީ މަރުވެފައެވެ.
އާއަހަރު ފާހަގަ ކުރަން އޮތް ރޭ އެންޖެލިކާ ފެނުނީ ހޮޓަލެއްގެ ބާތުޓަބް ތެރޭގައި މަރުވެފައި އޮއްވައެވެ. ފުލުހުން ބުނާ ގޮތުގައި އެންޖެލިކާ ވަނީ ރޭޕް ކުރުމަށްފަހު މަރާލާފައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އާއަހަރު ފާހަގަ ކުރަން އޭނާގެ ރަހުމަތްތެރިންނަށް ޚަބަރެއް ނުވެގެން ގޮސް ބެލިއިރުއެވެ.
އެންޖެލިކާގެ މަރާއި ގުޅިގެން 11 މީހުންގެ ގޭންގެއް ހައްޔަރުކޮށް އެމީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ފުލުހުން ބުނާ ގޮތުގައި އެންޖެލިކާ ރޭޕް ކުރީވެސް އަދި އޭނާ މަރާލީ ވެސް 11 މީހުންގެ ގޭންގުންނެވެ.
ފިލިޕީންސްގެ މީޑިއާތަކުން ބުނާ ގޮތުގައި މިމައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ އެންޖެލިކާ އާއިއެކު އެއްހޮޓަލެއްގައި ތިބި ބައެއް ކަމަށެވެ. ނަމަވެސް އޭގެތެރެއިން އެއްވެސް މީހަކާއި އެންޖެލިކާ އާއިއެއްވެސް ގުޅުމެއް އޮތްކަން އަދި ކަށަވަރު ނުވާކަމަށެވެ.
ފުލުހުން ބުނީ އެންޖެލިކާގެ އޮޓޮޕްސީ މިހާރު ހަދާފައިވާ ކަމަށާއި އޮޓޮޕްސީ ރިޕޯޓް ލިބުމުން ތަޙްޤީޤަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
ޝޯޝަލް މީޑިއާ އަކީ ވަރަށް ބޮޑު އަދި ނުރައްކާތެރި ކަނބުރު ގެއެއް. ވަންނަން ހެޔޮނުވާނެ.
ރަނގަޅު ވާހަކައެއް.
އެހެންވެ ކައޭ ނުވަދެ ދޯ ތިއޮތީ
އޭނަ ބުނަން އެއުޅެނީ ޝޯޝަލް މީޑިއާގައި އިސްތިހާރު ނުވާށޭ، ނުރައްކާ ކަމެކޭ. ގެޓްތަ؟
އޭނަ ބުނަން އެއުޅެނީ ޝޯޝަލް މީޑިއާގައި އިސްތިހާރު ނުވާށޭ، ނުރައްކާ ކަމެކޭ. ގެޓްތަ؟