ބޭނުންވާ ތަކެތި

12 ކެބެޖް ފަތް 1 ޖޯޑް ވައިޓް ރައިސް (ކައްކާފައި) 1 ބިސް (ގިރާފައި) ¼ ޖޯޑު ބޯ ކިރު ¼ ޖޯޑު ފިޔާ ( ހިމުން ކޮށްފައި) 1 ޕައުންޑް ބީފް 1 ¼ ސައިސަމްސާ ލޮނު 1 ¼ އަސޭމިރުސް 1 ދަޅު ޓޮމާޓޯ ސޯސް 1 ސަމްސާ ހަކުރު 1 ސަމްސާ ލުނބޯ ހުތް 1 ސައިސަމްސާ ސޯސް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ކެބެޖް ފަތްތައް ފެނުގެ ތެރޭގައި ދެ މިނެޓް ވަންދެން ކައްކާށެވެ. ދެން ހިއްކާލާށެވެ. ދެން ތައްޓެއްގެ ތެރޭގައި ބަތްކޮޅާއި، ކިރު، ފިޔާ، ބީފް، ލޮނު، އަސޭމިރުސްް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، ކޮންމެ ކޮންމެ ކެބެޖް ފަތެއްގެ މެދުގައި މަސްކޮޅެއް އަޅާލާފައި އޮޅާލާށެވެ. ދެން މިރޯލްސް ތައް ސްލޯ ކުކަރ އެއްގައި ކައްކާލާށެވެ. އެއަށްފަހު އެހެން ތައްޓެއްގައި ބާކީ ހުރި މިއަށް ބޭނުންވާ ތަކެތި އެއްކޮށްލާފައި ރޯލްސް ތަކުގައި އުނގުޅާލާށެވެ. ދެން މަޑު ގިނީގައި 8-9 މިނެޓު ވަންދެން ކައްކާލާށެވެ.