ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކަމުގައިވާ ކައިޒީން ވެފައި މި ވަނީ ޓިކްޓޮކްގައި ތަރިއަކަށެވެ. އޭނާ ޓިކްޓޮކްއަށް މަދު ވީޑިއޯތަކެއް ހިއްސާ ކުރި ކަމުގައިވިޔަސް، އޭނާގެ ވީޑިއޯތަކަކީ މީހުންގެ ލޯތައް ހުއްޓޭ ވީޑިއޯތަކެކެވެ.

އޭނާ ޓިކްޓޮކްއަށް ވަދެފައި ވަނީ ޓިކްޓޮކްގެ ސައުތު އޭޝިއަން ޓީމަކުން ދައުވަތު ދިނުމުން ކަމަށް ކައިޒީން ބުންޏެވެ.

ކައިޒީން ޓިކްޓޮކަށް ވަދެފައި ވަނީ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. އޭނާ ޓިކްޓޮކަށް ވަދެ ފުރަތަމަ ހިއްސާކޮށްފައި ވަނީ އެނިމަލް ޖަމްޕްސޫޓެއް ލައިގެން ހުރެ ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯއަށް މިހާތަނަށް 396،000 ވިއުސް ލިބިފައި ވެއެވެ. އަދި 9756 ލައިކްސް އާއި 344 ކޮމެންޓް ލިބިފައި ވެއެވެ.

@kaizeenkai

Here’s a little #BTS 🐅 #newfitfeelin #fyp #foryou #model

♬ original sound - KAIZEEN

އޭނާ ޓިކްޓޮކްގައި ހިއްސާ ކުރި ދެވަނަ ވީޑިއޯއަކީ އެނިމަލް ޖަމްޕްސޫޓް ލައިގެން ހުރެ ނަގާފައިވާ އިތުރު ވީޑިއޯއެކެވެ. އެ ވީޑިއޯއަށް 123.000 ވިއުސް ލިބުނުއިރު، 3126 ލައިކްސް އާއި 176 ކޮމެންޓް ލިބިފައިވެއެވެ.

@kaizeenkai

Here’s a little #BTS 🐅 #fyp #foryou #model

♬ WAP(feat. Megan Thee Stallion) - Cardi B

ތިންވަނައަށް އޭނާ ހިއްސާކޮށްފައި ވަނީ ރީތި ކަޅުކުލައިގެ ހެދުމެއް ލައިގެން ހުރެ ފަރި ހިނގުމެއްގައި ދާ މަންޒަރު ފެންނަ ވިޑީއޯއެކެވެ. އެ ވީޑިއޯއަށް 118،000 އަށްވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ. އަދު 4489 ލައިކާއި، 156 ކޮމެންޓް ލިބިފައި ވެއެވެ.

@kaizeenkai

#fyp #foryou #trending #love

♬ alors on danse remix - hazellclouds

އޭނާ އެންމެ ފަހުން އާއްމު ކުރީ ނަށާ ވީޑިއޯއެކެވެ. އެ ވީޑިއޯގައި އޭނާ ފެނިގެން ދަނީ ނަށާ ތަނެވެ.އެ ވީޑިއޯ ޓިކްޓޮކްއަށް އޭނާ އަޕްލޯޑް ކުރިތާ އަދިވާނީ އެންމެ ދުވަހެކެވެ. އެކަމަކު މިހާތަަނަށް 50،000 އަށްވުރެ ގިނަ މީހުން އެ ވިޑީއޯ ބަލާފައި ވެއެވެ. އަދި 2635 ލައިކްސް އާއި 104 ކޮމެންޓް އެ ވީޑިއޯއަށް ލިބިފައި ވެއެވެ.

@kaizeenkai

No words #fyp #viral

♬ Why are so many people using this - *smirk face*

ކައިޒީންގެ ޓިކްޓޮކް އެކައުންޓްގައި 16،000 ފޮލޯވަރުން ތިބޭއިރު، އޭނާ ފޮލޯ ކުރާ އެއްވެސް ފަންނާނެ ޓިކްޓޮކްގައި ނެތެވެ.

ރާއްޖޭގައި އެންމެ ކުޅަދާނަ އެއް މޮޑެލްއަކީ ކައިޒީންކަމާއި މެދު ޝައްކުވެސް ކުރާނެ ކަމެއް ނެތެވެ. އޭނާގެ އިންސްޓަގްރާމްް ޕޭޖްގައިވެސް އެތައް ހާސް ފޮލޯވަރުން އެބަ ތިއްބެވެ. އޭނާގެ ފޭން ބޭސްވެސް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ކަލޭމެން ތިބުނަނީ އޮރިޔާން ދައްކަން އުޅޭ އަންހެނެއްގެ ވީޑިއޯ ބަލާށޭތަ؟ ތި ހަމަ އޮރިޔާން ސައިޓްތަކަށް ވަންނާށޭ ބުނުން ކަހަލަ ކަމެއް

    127
    3
  2. ސަމްސިއްޔާ

    އުޅުން އިސްލާހުކޮށް ހެޔޮއަޅުކަން ކުރުމަށް ގޮވާލަން.

    96
    3
  3. ައަލީ

    ބޮޑުވަރު ތީ. ލިޔާނެ އެއްޗެއް ނެތިއްޔާ ތިބެބަލަ މަޑުން.

    103
    2
  4. އެއްކަލަ

    އެއްވެސް ވީޑިއޯ އެއް ކަމަކުނުދޭ...ނަމާދުގައި ކިޔާ އެއްޗެހިވެސް
    ތީނަޔަށް ނޭގޭނެ...

    91
    4
  5. ބުއްޅަބޭވެސް

    މީނަގެ ވީޑި އޯްިން އެނގުނީ އެއ އްމެ ކަމެ އް. ޢެ އީ ޓިކްޓޮކުގަ އި އުޅޭ ދިވެހި އަންހެން ކުދިން މަޝްހޫރު ނުވިޔަސް މާބޮޑަށްވެސް އެކްޓިން އަދި ޑާންސްގެ ޓެލެްންޓް ހުރިކަން.

    25
    9
  6. ޑޮލްފިން

    ލަދުޙަޔާތް ހުސްވެފަ

    82
    2
  7. އެލެކްސް އަހުމަދު

    ކައިޒީންގެ ވީޑިއޯތަކުގެ ތެރެއިން އެންމެ ރީތިވާނީ ކައިޒީނަކަށް ވާންނެގެން އެންމެ ފުރަތަމަ ކުޅުނު ވީޑިއޯ! ވަރަށް ޝޯޝަލްކޮށް އިތުރު ތިން މީހަކާއެކު ކުޅުނު ވީޑިއޯއެއް.

    16
    2
  8. ބޮޑުހުސޭނު

    ރީތި ކަމަކީ ހަމަ ވަގުތީ ކަމެއް، ދެއްވި ރީތިކަމަށް ބޮޑާނުވެ ތިޔަ ރީތި ކަން ދެއްވި ފަރާތުން އެންގެވި އެންމެހާ ކަންކަންތަކަށް ބޯލަބާނަމަ ކޮންފަދަ، ވަގުތައި އެކު ކިތަންމެ ރީތިމީހަކުވެސް މިލާ މޯޅިވެ މުސްކުޅިވެ މޫނަށް ރޫޖެހުނީމަ ތިކަން ތިނިމުނި ، ދެން ކިތަންމެ ރީތިހެދުމެއްލައިގެން ކިތަންމެ ރީތިތާޖެއް އެޅިޔަސް ބަލާލާނެ މީހަކުވެސް ނުވާނެ،. މިސާލަކަށް ބަލަ އިގިރޭސި ރާނީ ، ރާނީގެ ތާޖުކޮށުވެސް ގައުމު ވިއްކާލައިގެންވެސް އަގު ނުކުރެވެނެ. ޗާލު ކުލަކުލައިގެ ހެދުންތަކާ،ކާކު ރާނި ބޭނުންވާނި

    38
    3
  9. ފޯރިމަރަން

    އަސްތާ ކަދީދަ ދޯ މިޔޮއްއުޅެނީ، ކަދީދާ!
    ހެދުންފަހާނެ ފޮތި ތަންކޮޅެއް މަދުން ގަނެވެނީދޯ ކަދީދަޔައް

    43
    2
  10. ބާބުލްއަވާލީ މަލިކު

    ޗީޑި

    49
    3
  11. ލާދީނީ އަންނި

    އައިވިލް އޯލުވޭސް ލަވްޔޫ ކައީ.

    3
    20
  12. ކަލޯ ގެ އިބުރާ

    އޭ ކައި ވެސް ޓިއްޓި ކުޅެން ފެށީތަ؟

    5
    1
  13. ނަޝީދު

    ރައްޔިތުންތަކެއް ނިކުމެ ތަޅާގަންނަ ހިސާބައް ނުދަނީސް ސަރުކާރުން އެބަޖެހޭ ނޫސްތަކުގަ މިޖަހާ މުޖުތަމައު ފަސާދަ ކުރާ ޚަބަރާއި ވާހަކަތައް ގެންނަމީހުންނައް ފިޔަވަޅު އަޅަން.

    23
    1
  14. އަމީތާބް

    ތިހުރިހާ މީހުންވެސް މިވީޑިއޯ ބަލާފަ ތި ކޮމެންޓްކުރަނީ މާ ދީންވެރި ބަޔަކަށްވެގެން..

    10
    14
  15. Anonymous

    ތިޔަބުނާ ކައިޒީން މަރުވުމަށްފަހު ތިފޮލޯވާސްތަކާ ލައިކްދިން މީހުންގެ ފަރާތުން ހާސިލްކުރެވޭނީ ކޮންކަމެއްތޯ އަހަރެން ސުވާލު އުފައްދަން.ނަރަކައިގެ އަޒާބުން ސަލާމަތްވުމަށް އެއްވެސް ފޮލޯވާސްއަކަށް ޒައްރެއްގެ މިންވަރުންވިސް އެހީއެއްވެވޭނެތޯ.މީ ލައްކަ ވާހަކަ

    22
  16. ހަމަ ތިޔަފަދަ އުޚްތެއް

    ވިސްނާލުމަށް އެދެމޭ..
    ގިސްލާ ރޮމުން ބުނަމޭ..
    އޭ އުޚްތާއެވެ. މި ނޫން ދުވަހެއް އޮތްކަން ހަނދާންކޮށް އެދުވަހަށް ތައްޔާރު ވާށެވެ. މަރު އަންނާނެ އިރެއް ނޭނގޭނެއެވެ. އެންމެ ގާތުގައިވެސް އެންމެ ދުރުގައިވެސް ވަނީ ހަމަ މަރެވެ. މަރަށް ތައްޔާރުވާށެވެ. ހެޔޮ އަމަލު ގިނަކުރާށެވެ. ﷲ އަށް ބިރުވެތިވެ ތަގުވާވެރިވާށެވެ.

    12
  17. ފިސާރި ކަނބަލު

    ނޭނގެ. ނުވެސް ބަލަން މަށެއް، މިއުޅެނީ ކުރާނެ ކަންތައް މަދުކަމުން ވިއްޔާ

  18. މއކ

    ސްޓޮޕް މޭކިން ސްޓްޕިޑް ޕީޕަލް ފޭމަސް.