މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) ބޯޓެއްގެ މައްސަލައިގައި އޭނާގެ ބައްޕައާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމް ކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ބޯޓެެއްގެ މައްސަލައިގައި ބައްޕައާ ދެކޮޅަށް ކައިޒީން ދައުވާކުރަނީ އޭނާގެ ފައިސާއިން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި ކަމަށް ބުނެއެވެ.

ކައިޒީން އެ މައްސަލަ ކޯޓަށް ވެއްދީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށް އެދިއެވެ. އަދި އޭނާގެ ބައްޕަގެ ޣައިރު ހާޒިރުގައި މައްސަލަ ބަލައި ނިންމައި ހުކުމް ކުރުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށް ނިންމާފައެވެ.

އެއަށްފަހު ކައިޒީން ވަނީ މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައެވެ. އެގޮތުން ސިވިލް ކޯޓުގެ ނިންމުން ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފުކަމަށްބުނެ އެ މައްސަލަ އޭނާ ވަނީ ހުށަހަޅާފައެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މި މައްސަލައަކީ ޣައިރު ހާޒިރުގައި ހުކުމް ކުރުމުގެ ޝަރުތު ފުރިހަމަވާ މައްސަލައެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ހާލަތުގައި ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ކޯޓު އަމުރާ ގުޅިގެން މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދިހަވަނަ ބާބުގައިވާ މާއްދާތަކަށް ރިއާޔަތްކޮށް އެ ގާނޫނުގެ 332 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާ ގޮތުގެމަތިން ދައުވާކުރާ ފަރާތުގެ ދައުވާއާއި ދައުވާގެ ތަފުސީލުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ކޯޓުން ފެންނަގޮތަކަށް ހުކުމްކުރަން ޖެހޭނެ ކަމަށް ދެކޭ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.

އެގޮތުން ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ހުށަނާޅައިފި ނަމަ ޣައިރު ހާޒިރުގައި ހުކުމް ކުރަން އެދެވިދާނެ ކަމަށް ގާނޫނުގައި ބުނާއިރު މި މައްސަލާގައި އެގޮތަށް ޖަވާބު ހުށަހަޅާފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން ޣައިރު ހާޒިރުގައި ހުކުމް ކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ނިންމައިފައެވެ.

ހުކުމްގައި ބުނެފައިވަނީ ސިވިލްކޯޓުގެ ހުކުމް ބާތިލުކޮށް، މި ގަޒިއްޔާގައި ކަނޑައަޅާފައިވާ ގާނޫނުތަކާއި އުސޫލުތަކުގެ އަލީގައި، ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި، ކައިޒީންގެ ފަރާތުން ހުށަހެޅި ފޯމުގައިވާ ކަންކަމާމެދު އަލުން ބަލައި، ކޯޓުން ގޮތެއް ނިންމުމަށްޓަކައި ކޯޓުތަކާބެހޭ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ސިވިލް ކޯޓަށް މި މައްސަލަ ތަހުވީލު ކުރުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ކައިޒީން ދައުވާކުރީ އޭނާ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓެއް ގަތުމުން އެ ބޯޓު އޭނާގެ ރުހުން ނެތި ބައްޕަގެ ނަމަށް ރަޖިސްޓްރީކުރި ކަމަށް ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އއަޔ

    ރާއްޖޭގަ މީހުން މިއަދު މީހުންނަށް ބަލައިގަނެގެން އުޅޭ މީހުންގެ ފެންވަރު ހުނަ ގޮތް މީ. މައިން ބަފައިން އެއީ އެއްވެސް ބައެއްކަމަށް ނުހަދާ މީހުން. މިކަހަލަ މީހުންތައް ފޮލޯވާސް ހެސްކިޔާފަ

    30
    2
  2. ސޯލިބެ

    މިރޭ ކޮންދިމާލަކަށް ދާންވީ ހަވާ އަރުވާތަން ބަލައިލަން

    27
    3
  3. މަޑުއްވަރި އައްޔަބޭ

    3.6 މިލިޔަން ރުފިޔާ ހޯދި ގޮތެއްވެސް އޮންނާނެތާދޯ .....ކައިޒިން ﷲ ބިރުވެތިވޭ ޔަޤީނުންވެސް ސުވާލްތަކަށް ޖަވާބު ދޭން ޖެހޭނެ ދުވަހެއް އަންނާނެ.

    އަޅުގަނޑު މިހިރީ ކައިޒީން އެހީވާން...ލަސް ނުކުރައްވާ ތައުބާވުމަށް ގޮވާލަން

    36
    2
  4. ަސދަދ

    ކައިއަށް ވިންވާނެކަން ކުރިންވެސް އިނގޭ. ސަބަބަކީ ބައްޕަޔަށް އެހާ ބޮޑުއަދަދެއްގެ ފައިސާ ބޯޓެއް ގަންނަން ލިބުނުގޮތް ބުނެނުދެވޭނެތީ.
    ނަމަވެސް ދެން އުފެދޭ ސުވާލަކީ ކައި ކޯޗެއް ވިއްކައިގެންތޯ އެހާ ބޮޑު އާމްދަނީ އެއް ހޯދީ ؟

    27
    2
  5. ރަނާ

    ފާތިމަތު ޒަޔާން އިބްރާހީމް ކޮންމަސައްކަތެއްކޮށްގެން ހޯދި 3.6 މިލިއަން ރުފިޔާއެއް، ތީ އުފެދުމުގަވެސް ބާޠިލު މައްސަލައެއް ، ކައިޒީން ކިޔާމީހެއްނޫން ތީ، ނަމުގަވެސް އޮޅުވާލުން ކަމުގަވެސް އޮޅުވާލުން،
    ހައިކޯޓުންވެސް ތި ފާފަގަނޑުގެ ތެރެއަށް ވަންނާނެ ކަމެއް ނެތް، ﷲ އަށް ބިރުވެތިވޭ،
    ކައިޒީން އޯ،

    22
    3
    • ޢަބްދުﷲ

      ބަލަގަ މައްސަލައިގައި އެނާގެ އަސްލު ނަން ބޭނުންކޮށްފައި އޮތަސް ޚަބަރު ލިޔާ މީހުން ލިޔެފާނެ ދޯ އޭނާގެ އާއްމު ނަމުންވެސް...

      3
      1
  6. ޖުހާ

    ކައިޒީން މިދުނިޔެއަށް އައީ އެކަނިތޯ؟ މައިންބަފައިން ތިބާކުޑައިރުއްސުރެ ބަލާ ބީޑުކުރި އަގު އެމީހުންނަށް ދެވޭނެތޯ؟ މިއަދު މައިންބަފައިން ގޮވައިގެން ކޯޓަށް ދެވިދާނެ. މާދަން ސުވަރުގެ ވަނަނާނީ ކޮން ކޯޓަކުން ހުކުންކޮށްގެންތޯ؟ ތައުބާވެ އިސްލާހުވާން އެދެން.

    6
    1
  7. އަބްދޫ

    ކުޑައިރުއްސުރެ ކާންދީ ބަލާ ބޮޑުކުރަން އަދި ކިޔަވައިދޭން ދާނީ 3 މިލިަން ރުފިޔާ ބާ؟

    3
    1
  8. ޔ

    އަޅުގަނޑުގެ މައިންބަފައިންނަށްޓަކައިއަޅުގަޑުޤުރުބާންވަން. ހުރިހާބޭފުޅުންވެސްމައިންބަފައިންނަށްހެޔޮކޮށްހިއްތަވާ

    9
    1
  9. Anonymous

    ސުވަރުގޭގެ ވަސްވެސް ނުލިބޭ ގޮތަށް ހެދުން ލައިގެން އޮރިޔާމުން އުޅެ، އަބުރާ އިއްޒަތް ވެއްޔާއި މޮޑެލައި ނުވިތާކަށް ބަފަޔާ ދެކޮޅަށް މައްސަލަ ހުށައަޅަނީ. މީ އެބުނާ ސެލެބަރިޓީންގެ ހާލު ހުރި ވަރު.

    8
    1
    • އިބްރާހިމް

      އޮރިޔާމުން އުޅުމަށް ނަމޫނާ ދައްކަނީ! އަހަރުމެން މުސްލިމުންގެތެރޭ މިކަމަށް ފުރުލިބުނީތީ ކިހާދެރަ!

  10. އއ

    ކައިޒީން! ބައްޕަ، މަންމަ، އެއީ ހިތަށްއެރި ކޮންމެ މީހަކަށް ކިޔޭ ނަމެއްނަމަ، ބުރުސޫރަ ރިވެތި ފައިސާއާއި މުދަލުގެ ތަނަވަސްކަން ހުންނަ ކޮންމެމީހަކަށް ކިޔާނީ ބައްޕަ ނޫނީ މަންމަ. ތިމާ މި ދުނިޔެއަށް އުފަންވުމުގެ އަސްލުކަމުގައިވާ ބައްޕަ އާއި މަންމަ އެއީ ކޮން 2 މީހުންނެއްކަން، ވަޤުތު ފާއިތުވުމުގެ ކުރީން ތިމާ ދެނެގަތުން ބުއްދިވެރި. ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި ޖެހި، ތިމާއާއި ތިމާގެ މައިންބަފައިން ޣަރަޤުވެގެން ދިޔަދީގެން ނުވާނެ. ކަނދުރާގެ މައި ނާރަށްވުރެ "މަރު" ތިމާއާއި މާ ގާތްކަމަށް ވަނީ.

    6
    1