މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުގައި އޮތް މައްސަލަ މަޑުޖައްސާލުމުގެ އަމުރަކަށް އެދުނީ ކައިޒީންގެ ފަރާތުންނެވެ.

ބޯޓެެއްގެ މައްސަލާގައި ބައްޕައާ ދެކޮޅަށް ކައިޒީން ދައުވާކުރަނީ އޭނާގެ ފައިސާއިން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި ކަމަށް ބުނެ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކައިޒީނަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއް ގައި ޤާއިމުވެފައިވޭތޯ ބެލުމަށްޓަކައ،ި މައްސަލައިގެ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރ،ު ހައިކޯޓުގައި ކައިޒީންގެ ފަރާތުން އެދިފައިވާ ފަރުވާއަކ،ީ ސިވިލް ކޯޓުގައި އޮތް މައްސަލަ ޣައިރު ޙާޟިރުގައި ޙުކުމް ކުރަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި އަމުރު ކޮށްދިނުން ކަމަށްވާއިރު ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިނ،ް ސިވިލް ކޯޓުގެ ޤަޟިއްޔާގައި އިތުރު ފިޔަވަޅުއަޅައި އަޑުއެހުންތައް ކުރިއަށް ގެންގޮސްފިނަމ،ަ ހައިކޯޓުގެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ މަޤުޞަދު ގެއްލިގެން ދާނެ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ކައިޒީން އޭނާގެ ބައްޕަ އާއި ދެކޮޅަށް ދައުވާ ކުރާ މައްސަލަ ސިވިލް ކޯޓުގައި އޮތުމުން އެ ބޯޓުގެ ރަޖިސްޓްރީ އެހެން މީހެއްގެ ނަމަށް ބަދަލު ނުކުރުމަށާއި އަދި އެހެން ފަރާތަކަށް ވިއްކުން ފަދަ މުއާމަލާތެއް ނުކުރަން ސިވިލް ކޯޓުން ކުރިން ވަނީ އަމުރެއް ނެރެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޮއްކޮބެ

    ހަޔާކުޑަ އަންހެނެއް

  2. އިބޫ

    މީނަ ކޮންތާކުން ހޯދި ފައިސާއެއްބާ

  3. Anonymous

    ޢެ ބޮޑު ވަހުޝީ މޭކަޕް އާ ނުލާ ބަލާބަ ބޮޑު ފަކުރެއް އެތައް ބަޔަކު ބޭނުންކޮށްފަ ހުރި ޑަސްބިނެއް ޗީޑި