އީޝާ ޑިއޯލް އަކީ ޑިއޯލް އާއިލާގައި އެންމެ އަލިގަދަ ފަންނާނަށް ނުވެދާނެއެވެ. އެހެންނަމަވެސް ފިލްމީ ދާއިރާއިން މާ ކުޅަދާނަ އެކްޓިން އެއް ނުުދެއްކުނު ނަމަވެސް މީސްމީޑިއާގައި އީޝާ ދަނީ ރަނގަޅު ޕްރޮފައިލްއެއް ދަމަހައްޓަމުންނެވެ. ލެކްމޭ ފަދަ ޝޯތަކުގެ ޝޯ ސްޓޮޕަރކަން ކޮށް، ކަތަކް ޑާންސް ފަދަ ޑާންސް ތަކުގެ މަގްބޫލް މޫނަކަށް އީޝާ ވަނީ ވެފައެވެ. އެ ހުރިހާ ކަމެއް ފޭނުންނާއި ހިއްސާކުރަމުން އޭނާ އައީ މައިގަނޑުގޮތެއްގައި އޭނާގެ އިންސްޓަގްރާމް އެކައުންޓް ބޭނުންކޮށްގެންނެވެ.

މިއަދު ހެނދުނު ޓްވިޓަރގައި އީޝާ ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ އޭނާގެ އިންސްޓަރގްރާމް އެކައުންޓް ހެކްކޮށްފައިވާކަމަށެެވެ. އޭނާ ވަނީ އެކައުންޓް ހެކްވީ ކޮޕީ ރައިޓް ވައޮލޭޝަން އައުމުން އެއަށް އިޖާބަ ދިނުމުން ކަމަށް ވެސް ބުނެފައެވެ. އޭނާގެ އެކައުންޓް ހެކްކުރުމަށް ފަހު އިންސްޓަގްރާމް ސަޕޯޓަށް އެ އެކައުންޓުގެ ނަން ވަނީ ބަދަލުކޮށްފައެވެ.

އެހެންނަމަވެސް އީޝާގެ ޓީމުން ކުރި މަސައްކަތާއި އެކު މިހާރު އޭނާގެ އެކައުންޓް ވަނީ އަލުން ލިބިފައެވެ.

 

View this post on Instagram

 

A post shared by Esha Deol Takhtani (@imeshadeol)

އޭނާ ވަނީ ފޭނުންގެ ކިބައިން އެ އެކައުންޓް ހެކްވުމުން މަޢާފަށް އެދިފައެވެ. ހޮލީވުޑް އާއި ބޮލީވުޑްގެ ތަރިންގެ އެކައުންޓްތަކަށް މިފަދަ ހަމަލާތައް ދިނުމަކީ އާއްމު ކަމެކެވެ. އެ ތަރިންގެ އެކައުންޓުތަކުގައި ހުންނަ ފޮޓޯތަކުގެ ތެރެއިން ޒާތީ ފޮޓޯތައް ލީކުކޮށްލުމާއިި، ބްލެކްމެއިލްކުރުން ފަދަ ކަންކަން ކުރިން ދިމާވެފައި އެބަހުއްޓެވެ.

ބޮލީވުޑްގެ ބަތަލާ އަދި ޓީވީ ތަރި ހީނާ ހާންގެ އެކައުންޓު ހެކްކުރަން އުޅުނު މައްސަލަ ވެސް ފެންމަތިވިއެވެ. މީގެ އިތުުރުން ކަރިޝްމާ ތަންނާ އާއި ރާކީ ސާވަންތު ފަދަ ފަންނާނުންގެ އެކައުންޓުތަކަށް ވެސް މިފަދަ ހަމަލާތައް ވަނީ ދީފައެެވެ.