އިރާނުގެ ސަރުކާރު ވެބްސައިޓްތައް މަޝްހޫރު އެނޯނިމަސްއިން ހެކްކޮށްފި އެވެ.

އެނޯނިމަސްއިން ވެބްސައިޓްތައް ހެެކްކޮށްފައި މިވަނީ އީރާނުގެ އަންހެނަކު މަރުވި ހާދިސާއާ ގުޅިގެން އެ ގައުމުގައި ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުން ނެވެ.

އެނޮނިމަސްއިން ވެބްސައިޓްތައް ހެކް ކުރުމަށް ފަހު ލާފައވާ މެސެޖުގައި ބުނީ އެގްރޫޕުން ތިބީ އިރާނުގެ ރައްޔިތުންނާއެކު ކަމަށެވެ.

އެނޮނިމަސްއިން ހެކް ކުރި މުހިންމު ވެބްސައިޓެއްގެ ތެރޭގައި އީރާނުގެ "ސްމާޓް ސާވިސަސް" ވެެބްސައިޓް ހިމެނެ އެވެ. މިއީ އީރާނުގެ ސަރުކާރުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުންގެންދާ ވެބްސައިޓެކެވެ. އީރާންގެ ދައުލަތުގެ މީޑިއާގެ ވެބްސައިޓް ވެސް ހެކް ކޮށްފައި ވެއެވެ.

ބައެއް ވެބްސައިޓްތައް ހެކްކުރުމުން ރިކަވާ ކުރުމުން އަނެއްކާވެސް ހެކްކޮށްފައި ވެއެވެ.

އެނޮނިމަސްއާ ގުޅުން އޮންނަ ސޯޝަލް މީޑީއާ އެކައުންޓަކުން ބުނީ ވެބްސައިޓްތަކުގެ ޑޭޓާ ބޭސް ވެސް އެއްކޮށް ފުހެލާފައިވާ ކަމަަށެވެ.

ވެބްސައިޓްތައް ހެކް ކުރުމާއި ގުޅޭ ގޮތުން އީރާންގެ ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެނޮނިމަސް އަކީ އިންޓަނެޓްގައި ހަރަކާތްތެރިވާ ގްރޫޕެކެވެ. އެ ގްރޫޕުން ވަނީ މީގެ ކުރިން ވެސް އެކި ގައުމުތަކުގެ ސަރުކާރު ވެބްސައިޓްތައް ހެކްކޮށް މައުލޫމާތު ވެސް ލީކް ކޮށްފައެވެ.

އީރާނުގައި މުޒާހަރާތައް ފެށުނީ އެ ގައުމުގައި ފެޝަން ބުރުގާ އަޅައިގެން އުޅުނު މަހުސާ އަމީނީ ނަމަކަށް ކިޔާ އަންހެނަކު ހައްޔަރުކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކޯމާއަކަށް ގޮސް ފަހުން މަރުވި ހާދިސާއާ ގުޅިގެންނެވެ.

އޭނާގެ މަރާ ގުޅިގެން އީރާނުގެ ގިނަ ބަޔަކު ދަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް ޝުއޫރުތައް ފާޅުކޮށް އަދި ބުރުގާ ވެސް އަންދަމުންނެވެ.

އެ މީހުން ތުހުމަތުކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަރުދާރު

    ތިހެކިންގު ގުރޫޕައްވުރެ މާވަރުގަދަ ސައިބާ ފައުޖެއް އީރާނުގެ ރިވޮލިއުޟަނަރީ ގާޑުގައިއޮވޭ
    އެމަރިކާގެ ސީއައިއޭގެ ސެކިއުރެޓީ ފޫއަޅުވާލި ވަރުގެ ބައެއް ތި އެނޯނިމަސް އަށް ވަރުގަދަ ރައްދެއްދޭނެ🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷

    6
    1
  2. ބަނޫ

    ތިހެން ހެކް ކޮއްފައި މެސެޖެއް ލިޔަސް ވާކަމެއް އޮވޭތަ؟ މޮޔަ ބައެއް ތީ.