ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރު ޚާން ދެމެދުގައި ވެސް މައްސަލަ ޖެހޭ ކަމަށާއި ކޮންމެ ފަހަރަކު ވެސް މައާފަށް އެދެނީ ސައިފް ކަމަށް ކަރީނާ ބުނެފިއެވެ.

ކަރީނާ ކަޕޫރު ހުށަހަޅައިދޭ ރޭޑިއޯ ޝޯގެ މި ފަހަރުގެ މެހްމާނަކީ ބޮލީވުޑުގެ އެެކްޓަރު ކުނާލް ކެއްމުއެވެ. ސައިފް ޢަލީ ޚާންގެ ކޮއްކޮ ސޯހާ އަލީ ޚާނާއި ކައިވެނި ކޮށްގެން އުޅޭ ކުނާލު ގާތު ދެމަފިރިން މައްސަލަ ޖެހުމުން އެންމެ އަވަހަށް މައާފަށް އެދެނީ ކާކުތޯ ކަރީނާ ސުވާލު ކުރުމުން ސަމާސާ ގޮތަކަށް ކުނާލު ބުނެފައިވަނީ ސޯހާގެ ރަދީފުން ''ސޮރީ'' އެ ލަފުޒު އޮތް ގަނޑު ކަނޑާލާ ވަނީ ނުބައި ތަނެއްގައި ގަނޑު ހަރުކޮށްފައި ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ މައާފަށް އެދެނީ ސޯހާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ސުވާލަށް ކަރީނާ ޖަވާބުދެމުން ބުނެފައިވަނީ ސައިފް އާއި ކަރީނާ މައްސަލައެއް ޖެހުމުން ކޮންމެ ފަހަރަކު ވެސް އެންމެ ފުރަތަމަ މައާފަށް އެެދެނީ ސަައިފް ކަމަށެވެ. ކަރީނާ ބުނެފައިވަނީ އޭނާއަށް ހީވާގޮތުގައި އާންމު ގޮތެއްގައި އެންމެ ގިނައިން ''މިސްޓޭކް'' ހެދެނީ ވެސް ފިރިހެނުންނަށެވެ.

އެހެންކަމުން އަވަހަށް މައާފަށް އެދެން ޖެހޭނީ ވެސް ފިރިހެނުންނަށް ކަމަށާއި އެހެން ނޫނީ އެމީހުންނަށް ނިދި ނުލިބޭނެ ކަމަށް ވެސް ކަރީނާ ބުނެފައިވެއެވެ.

ކަރީނާ އާއި ސައިފް އެކުގައި ކުޅުނު ފިލުމު ''ތަޝަން'' އިން ފެށުނު ލޯބީގެ ގުޅުން ކައިވެންޏާ ހަމައަށް ގޮސްފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ.