މަޝްހޫރު ޓިކްޓޮކް ސްޓަރ ރަފީ ޝެއިޚް އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެއެވެ. އަމިއްލައަށް މަރުވި ސަބަބެއް އަދި އެނގިފައިނުވާ ކަމަށާއި ނަމަވެސް އާއިލާއިން ބުނާގޮތުގައި ރަފީއަށް އުދަނގޫކުރާ ކުދިންްތަކެއް އުޅޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މީޑީއާއަށް މަޢުލޫމާތުދެމުން ރަފީގެ އާއިލާއިން ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ރަފީގެ ރަހުމަތްތެރިންތަކެއް އޭނާ ރަހީނު ކުރި ކަމަށާއި އަދދި ފަހުން ދޫކޮށްލި ކަމަށެވެ. ނަމަވެސް ފަހުން ވެސް ރަފީގެ ނުރުހުމުގައި ނަގާފައިވާ ވީޑިއޯތަކެއް ލީކް ކޮށްލާނެ ކަމުގެ އިންޒާރުތައް ދީފައިވާ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ހަގީގަތް ނޭނގޭ މަރެއް ރެޖިސްޓަރ ކުރެވިފައިވާ ކަމަށާއި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ. އަދި އާއިލާއިން ބުނަމުންދާ މައްސަލަތައް ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރަފީ އަންހެން ކުއްޖަކާ ބައްދަލު ކުރުމަށް ކެފޭ ކޮފީ ޑޭއަށް ދިޔަކަމަށާއި އޭގެފަހުގައި އޭނާގެ އިތުރު ރަހުމަތްތެރިންތަކަކާއި ބައްދަލު ކުރަން ހަވީރު ނާރަޔަނާ ރެޑީ ޕެޓާއަށް ދިޔަ ކަމަށާއި އަދި ގެއަށް އައިރު ރަފީއަށް އަނިޔާ ކޮށްފައި ހުރި ކަމަށް ވެސް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް މިހާރު ވެސް ވަނީ ހައްޔަރު ކުރެވިފައި ކަމަށާއި އަދި ވަރަށް އަވަހަށް މި ކަމުގައި ކުށްވެރިވާ މީހުންނަށް އަދަބު ދެވޭނެ ކަމަށެވެ.

ރަފީއަކީ 2019 އަހަރު ސައިކަލް އެކްސިޑެންޓެއްގައި މަރުވި ޓިކްޓޮކް ތަރިއެއް ކަމަށްވާ ސޮނިކާ ކެތަވަތުގެ މަރުގެ މައްސަލައިގައި ހިއްސާވާ ފަރާަތެއް ކަމަށް ވެސް ބައެއް ރިޕޯޓްތަކުގައިވެއެވެ.


އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.

އަމިއްލަ ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:

1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކިޔުންތެރިއެއް

  ދިވެއްސެއް ތަ؟

  7
  1
 2. ޖަސްޓިން ބީބާ

  ނޫން ބަންގާލިއެއް

  4
  3
 3. ޖަނާޒާ

  ރަފީ ޝެއިޚް ތަ؟ ނޫނީ ސޭކުތަ؟

  6
  2
 4. ޝިއުނާ

  ކޮން ގައުމެއްގެ މީހެއް؟

 5. މުސްކުޅި އަޙާ

  "އަމިއްލަ ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ." މިކަން މިވެވެނީ ހަމައެކަނި މާލޭ މީހުންނަށް. އެކަމަކު މާލޭގައި ދިރިއުޅުމަކީ ޑިޕްރެޝަންގެ މައްޗަށް ޑިޕްރެޝަން ޖެހޭކަމެއް. މާލޭގައި ދިރިއުޅުމެކޭ ޖަލެއްގެ ކުޑަގޮޅީގައި ދިރިއުޅުމެކޭ އެއްވަރު. އެވަެރުންވެސް އެތަނުގެ ކުއްޔަށް، އަދާކުރާ ވަޒީފާގެ 50%-80% ދެމެދަށް އެބަހޭދަވޭ. ކައުންސިލިންގް ހޯދާނަމަ އެކައްޗެއްވެސް ރައްކަލެއް ނުކުރެވޭ ގިނަފަހަރު. ރާއްޖެތެރޭގައި ކައުންސިލިގް އޭ ބުނީމާ މީހުންނަށް ދޭހަވަނީ ކައުންސިލް އިދާރާ. ރާއްޖެތެރޭގެ މީހުންނަށް "ނަފްސާނީ ބައްޔަކީ" ހަމައެކަނި ޑިޕްރެޝަން އަދި އެކަމުގެ ހައްލަކީ "ކަންކަމާ ދޭތެރޭ ނުވިސްނުން، ނޫނީ އީމާންކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުން"... ނޫނޭ ކިތަންމެ ދީނީ ވިޔަސް ކެންސަރު ޖެހޭ އުސޫލުން ކިތަންމެ އީމާންކަން ގަދަވިޔަސް ނަފްސާނީ ބައްޔެއް ޖެހި އީމާންތެރިކަން ގެއްލޭ މީހުން މަދެއް ނޫން. މިކަމަށް ސަރުކާރުން ކަމެއް ނުކުރަނީ ގަސްތުގައި. ބޮޑުންގެ ކޮރަޕްޓް ޖީބަށް ލެވޭ ފައިސާ މަދުވެދާނެތީ ބިރުން އެއުޅެނީ.

  1
  2
  • އެހެނތަ

   އަމިއްލަޔައް ބަޔަކު ގޯނާ ތަކެއް ކޮއްގެން މަރުވި ޒުވާނެއް ގެ ޙަބަރެއްގައި މާލޭ ސިޓީ ކުލި ބޮޑުވެގެން އުޅުމާ ކޮން ގުޅުމެއް ؟
   އަމިއްލަ ރަށުގައި ގެދޮރުނެތީ ؟
   މަރުވާން މާލޭގަ ކުލި ނުދެއްކިގެން !
   ހަމަ އިންސާނެކޭ އެ ދުނިޔެ ދޫކޮއް ދިޔައީ ބަޔަކުގެ އަނިޔާތަކެއް ލިބިގެން ކުލި ނުދެއްކި ގެނެއް ނޫން »

   1
   1
   • ހޯދާ

    އަމިއްލަ ރަށުގަ އޮތީ ރަޖިސްޓަ ރީ އެކަނި، ހަމަ ވަންނާނޭ ތަނެއް ނެތް. ތިޔަކަހަލަ ތަންތަން އޮތް ބަޔަކަށް އިޙްސާސް ނުކުރެވޭނެ.

 6. އއއއިބްރާހީމް

  ވަރަށް މޮޅު ޚަބަރެއް. އެއްމެ ކުޑަމިނުން ދިވެއްސެއްކަމެއް ނުވަތަ ބޭރުގެ ޚަބަރެއްކަމެއްވެސް ނޭނގުނު!!؟