2018 ވަނަ އަހަރު ސޮނީ އެންޓަޓެއިންމަންޓާއި އެކު ކޮމެޓީ އެކްޓަރ ކަޕިލް ފަށާފައިވާ ''ދި ކަޕިލް ޝަރުމާ ޝޯ'' ފެބުރުއަރީ މަހުގެ ދެވަނަ ހަފްތާއަށްފަހު ހުއްޓާލުމަށް ނިންމައިފިއެވެ.

ކަޕިލް ހުށަހަޅައިދޭ މި ޝޯގައި ބާރުތީ ސިންގް، ކުރުޝްނާ އަބީޝެކް، ކީކޫ ޝާރްދާ، އަރްޖަނާ ޕްރަން ވެސް ހިމެނެއެވެ.

މި ޝޯ ހުއްޓާލުމަށް ނިންމާފައިވަނީ ކުރިއެކޭ އެއްފަދައިން ޝޯ ބަލަން އަންނަ މީހުންނަށް ކޯވިޑު 19އިގެ ސަބަބުން ނާދެވޭތީއާއި ފިލުމީ ތަރިން ވެސް އެމީހުންގެ ޝޯތައް ޕްރޮމޯޓް ކުރުމަށް ޝޯތަކަށް ނުދާތީ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި އަންނަ މަހު މި ޝޯ ހުއްޓާލި ނަމަވެސް ކޯވިޑުގެ ކަންތައް ރަނގަޅުވެ ހަމައަކަށް އެޅުމުން ޝޯ އަލުން ފަށާނެ ކަމަށް ކަޕިލް ޝަރުމާ ބުނެފައިވެއެވެ.

ޝޯ މެދު ކަނޑާލުމުގެ އިތުރު ސަބަބެއް އޮތް ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ. އެއީ ކަޕިލް ޝަރުމާގެ އަންހެނުން ގިނީ އިނީ އެދެމަފިރިންގެ ދެވަނަ ދަރިފުޅަށް ބަލިވެ ކަމަށް ވާތީއެވެ.

ތިންވަރަކަށް މަސް ފަހުން އަލުން ފަށާނެ ކަމަށް ލަފާ ކޮށްފައިވާ މި ޝޯ ދެން ފެށޭއިރު ކުރިއަށްވުރެ މަޖާ އަދި ހެއްވާ ބައިތަކެއް އެކުލެވިގެންވާނެ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ކަޕިލްގެ މި ޝޯއަކީ ބޮލީވުޑުގެ ފަންނާނުން އެމީހުންގެ ފިލުމުތައް ޕްރޮމޯޓު ކުރުމުގައި އެންމެ އިސްކަމެއް ދޭ ޝޯއެވެ. މި ޝޯގައި ބައިވެރިނުވާ ފަންނާނެއް އިންޑަސްޓްރީގައި މަދުވާނެއެވެ.

ސަލްމާން ޚާން ޕްރޮޑިއުސްކޮށް ކަޕިލް ހުށަހަޅައިދޭ މި ޝޯއަކީ އިންޑިޔާގެ އިތުރަށް ރާއްޖޭގައި ވެސް ގިނަ ބަޔަކު ބަލަމުންދާ ޝޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުބީނު މާރނީ

    މީގެން މީހަކު ތެދު ބަހުން ވާހަކަ ދައްކާނެ ތަ؟ ސަލްމާނު ޙާނު މީހަކާ އިނުން ކަހަލަ ކަމެއް. ޙަޤީޤަތަށް ބަލާއިރު ސަލްމާނު ގެ އަޙްލާޤީ ފެންވަރު ހުރިގޮތުން ސަލްމާން ހުރީ 55 އަހަރުގައި އިންނާނެ މީހަކު ނުވެފައި. ނަމަވެސް ސަލްމާން ބުނަނީ ލޯބީގައި ނާކާމިޔާބީ އެވެ. ކިހާ ރީތި ވާހަކަ. ޝަރުމާ ގެ ޝޯ ވެސް ފެއްޓިއިރު އުޅުނު އަންހެނެއްގެބައި ކުޅުނު މީހަކަށް ކަޕިލް ޝަރުމާ ބަވާ ބިންތިރި-ކުރިފަހުން މި ޝޯ އަށް މާ ބޮޑު ސަޕޯޓެއް ނުލިބޭ. ވަނދު ވަމުން އަންނަނީ. އެއީ އެމީހާ ކެނޑުނުފަހުން. ދެން މިފަހުން، ޝުޝާންތު ގެ ގާރލްފްރެންޑް ގެ ލޯޔަރަށް ޙަރަދު ކުރަނީ ސަލްމާން ކަމަށް އަޑު އަރައިގެންދިޔައީ. މިގާރލްފްރެންޑް އަކީ ހިގަމުންދާ މައްސަލައިގައި ޝުޝާންތު މަރާލިކަމަށް ކިޔާއުޅޭމީހާ. ޝަރުމާގެ ޝޯ ގެ ފައިސާގެ ބާނީ އަކީ ސަލްމާން. މިބުނި ލޯޔަރ އަކީ މުޅި އިންޑިއާގެ އެންމެ އަގުބޮޑު ލޯޔަރު. ލޯޔަރުން ޗާޖު ކުރާނީ ކުޑައަދަދަކުން ނޫން ކަން ދިވެހިންނަށް ވެސް އިނގޭ. ދެން ސަލްމާން ގެ "އަތްމަތި" އޮންނާނީ ވަރަށް ބޮޑަށް ތަނަވަސް ވެފައެއްނު ؟ ނުބައިކަމަކުން ރަނގަޅު ގޮތްޕެއް ނުފަޅާނެކަން ނޭންގެނީ ހަމައެކަނި ރާއްޖޭގެ ސިޔާސީ "ބޭފުޅުން"ނަކަށް ނޫން. ބޮމްބޭ ގެ ގިނަ ފިލްމްސްޓާރުން ވެސް މި ބްރެކެޓް ގައި ހިމެނޭ.

    2
    1