އިންޑިއާގައި އެންމެ މަގުބޫލު ޝޯ ކަމުގައިވާ ''ދި ކަޕިލް ޝަރުމާ ޝޯ'' އާ މޫނު ތަކަކާއެކު މުޅިން އާ ސީޒަނެއް ފެށެން އުޅޭ ކަމަށް ކަޕިލް ބުނެފިއެވެ.

ކޮމެޑިއަން އެކްޓަރު ކަޕިލް ޝަރުމާ ހުށަހަޅައިދޭ މި ޝޯގެ އާ ސީޒަނެއް ވަރަށް އަވަހަށް ފެށޭނެ ކަމަށް ކަޕިލް ޝަރުމާ ޓީމުން ކޮށްފައިވާ އިންސްޓަގުރާމު ޕޯސްޓެއްގައިވެއެވެ.

މި ޕޯސްޓާއެކު ޝޯ ބެލުމަށް ކެތްމަދުވެފައި ތިބި ސަޕޯޓަރުން ކޮމެންޓް ކޮށްފައިވެއެވެ.

މީގެއިތުރުން މި ޝޯގެ ކުރީގެ މެމްބަރެއް ކަމުގައިވާ ސުނިލް ގްރޯވާ ނުވަތަ ޝޯގެ ނަމުންނަމަ ޑޮކްޓަރ މަޝްހޫރު ގުލާޓީ މި ޝޯއިން ފެންނަން ބޭނުންވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން ކޮމެންޓް ކޮށްފައިވެއެވެ.

މި ޝޯއަށް ސުނިލް ގްރޯވާ އައުމުން މިހާރަށް ވުރެ ޝޯ މަގުބޫލު ވެގެންދާނެ ކަމަށް ވެސް ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން ލިޔެފައިވެއެވެ.

މިކަމާ ގުޅިގެން ސުނިލް އެއްވެސް އެއްޗެއް އަދި ނުބުނެއެވެ. ސުނިލްގެ ޑޮކްޓަރު މަޝްހޫރު ގުލާޓީގެ ކެރެކްޓައާ އެކު އޭނާ މިހާރު މަސައްކަތް ކުރަނީ ''އިންޑިއާސް ލާފްޓަރ ޗެމްޕިއަން'' ގައެވެ.

މި ޝޯގެ ބައެއް މެމްބަރުންނަކީ ކަޕިލްގެ އިތުރުން ޗަންދަން ޕްރަބާކަރް، ސަމޯނާ ޗަކްރަވާތީ ފަދަ ފަންނާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަދުރު

    ހޫނ..ވަރަށް ކަމުދާނެ. އަންހެނުން ފިރިހެން ހެދުން އަޅައި، ފިރިހެނުން އަންހެން ހެދުން އަޅައިގެން އައުގުރާނަ ގޮވާތަން.

  2. 🌈

    ރާއްޖޭގަވެސް މިކަހަލަ ޝޯއެއް އޮންނާނަމަ ވަރަށް މަޖާވީސް