ނިޔަފަތި ކެއުމަކީ އަހަރުމެންގެ ތެރެއިން ގިނަ މީހުން މިހާރު ވެސް ނޭނގި ނަމަވެސް ކުރާ ކަމެކެވެ. މިއީ ނުހުއްޓިފައިވާ އާދައެކެވެ. ގިނަ ފަހަރު ކުޑަ އިރުއްސުރެ އަށަގަނެފައި ހުންނަ އާދައެކެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި ނިޔަފަތި ކެއުމުން ސިއްހަތަށް ލިބޭ ފައިދާ ވެސް އެބަހުއްޓެވެ. މިއީ ޖޯކު ކަމެއް ކަމަށް ހީވި ނަމަވެސް މިއީ ހަމަ ހަގީގަތެވެ. ދިރާސާތަކުން އެނގޭ ގޮތުން ނިޔަފަތި ކެއުމުގެ ސަބަބުން ބައެއް ކަހަލަ އާދައިގެ ބެކްޓީރިއާ ހަށިގަނޑުގެ އެތެރެއަށް ވަނުމަށް މަގުފަހިވެއެވެ. ދިފާއީ ނިޒާމަށް އެ އެއްޗިއްސާ ހަނގުރާމަކޮށް ގަދަވެގަތުމަށް ފުުރުސަތު ލިބިގެން ދެއެވެ. މީގެ އިތުރުން އެގޮތަށް އާދަވަމުންދާ ވަރަކަށް ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަވެ އެފަދަ ބެކްޓީރިއާ ނައްތާލުމަށް ފަސޭހަވެގެންދާކަން ދިރާސަތަކުން އެނގެއެވެ.

ނިޔަފަތި ކެއުމަކީ އަދަބާ ޚިލާފު ކަމެކެވެ. ނަމަވެސް ހުރިހާ އުމުރެއްގެ މީހުންވެސް ނިޔަފަތި ކަމުން އަންނަ މަންޒަރު ފެނެއެވެ. މިކަމާ އެންޒައިޓީ އާއި ގުޅުން ހުރި ކަމަށް ބުނެފި ނަމަ ގަބޫލު ކުރެވިދާނެހެއްޔެވެ؟

ދޭތެރެއަކުން ނިޔަފަތި ކެވޭ ނަމަ އެއީ މާބޮޑަށް ހާސްވާންވީ ކަމެއް ނޫނެވެ. ނަމަވެސް ނޭނގި ނަމަވެސް އާދަވެގެން ނިޔަފަތި ކެވޭ ނަމަ އެއީ ވިސްނާލަން ޖެހޭ ކަމެކެވެ. އެއީ ސްޓްރެސް އާއި އެންޒައިޓީގެ ނިޝާނަކަށް ވެދާނެއެވެ. މިއަށް ސިއްހީ މާހިރުން ކިޔާ އުޅެނީ އޮނީކޮޓިލޮމޭނިއާއެވެ. މިއީ ކުޑަ އިރުން ފެށިގެން ގައިގައި ހަރުލާ ކަމަކަށް ވުމުން ނިޔަފަތި ކަނީ އެންޒައިޓީ ކުޑަ ކުރުމުގެ ނިޒާމެއްގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ. ތެރަޕީ އާއި ބޭސް ބޭނުންކޮށްގެން ވެސް މިކަންތައް ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު