ބޭނުންވާ ތަކެތި

ފުރަތަމަ މެރިނޭޝަން 1/4 ކިލޯ ކުކުޅު 3/4 މސ ލުނބޯ ހުތް 1/2 މސ މުގުރި މިރުސް ދެވަނަ މެރިނޭޝަން ރީނދޫ ކޮޅެއް 1/2 މސ މަސާލާ ޕައުޑަރ 3/4 މސ ތެޔޮ 1 މސ ޖިންޖަރ ގާލިކް ޕޭސްޓް 1/2 ޖޯޑު ޔޯގަޓް ގްރޭވީ ތައްޔާރުކުރުމަށް 2 މސ ބަޓަރ 1 ސސ ގިންގަރ ގާލިކް ޕޭސްޓް 1 އިންޗި ފޮނިތޮށި 2 ކާފޫރުތޮޅި 2 ކަރަންފޫ މިރުހެއް 1 ދަޅު ޓޮމާޓޯ ޕިއުރީ 1/2 މސ ތެޅިމިރުސް 10 ކެޝޫ ނަޓް 1/2 މސ ގަރަމް މަސާލާ 1/2 މސ ހަކުރު ރަހަލާވަރަށް ލޮނު ކޮރިއަންޑާ ފަތް 100 މލ ކުކިން ކްރީމް

ތައްޔާރު ކުރާނެ ގޮތް

ކުކުޅު ކޮޅު ރީއްޗަށް ދޮވެލުމަށްފަހު، ފުރަތަމަ މެރިނޭޝަން އަށް ބޭނުންވާ އެއްޗެއްސާ އެއްކޮށްލާފައި މަތިބަންދުކޮށްފައި ބަހައްޓާށެވެ. 20 މިނެޓް ފަހުން ދެވަނަ މެރިނޭޝަން އަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ކުކުޅު ކޮޅުގައި އުނގުޅާފައި ތިން ގަޑިއިރު ވަންދެން މަތި ބަންދުކޮށްފައި ބަހައްޓާށެވެ. ތިން ގަޑިއިރު ފަހުން ކުކުޅު ކޮޅު އުނދުން ނޫނީ އަވަނުން ފިހެ ރޯފިލުވަލާށެވެ. ކުކުޅު ރޯފިލުވާއިރު ބަޓަރު ބޭނުންކުރާށެވެ. ކުކުޅު ކޮޅު ފިހެލުމަށްފަހު އެއްފަރާތުގައި ބަހައްޓާށެވެ. ދެން ތަވައަކަށް ބަޓަރު ކޮޅެއް އަޅައި އުނދުން މައްޗަށް އުދާށެވެ. ބާކީ ހުރި ތަކެތީގެ ތެރެއިން ކަރަންފުލާއި ފޮނިތޮށި ކާފޫރު ތޮޅި ކޮޅު ރަނގަލަށް ތެލުލާށެވެ. ޖިންގަރ ގާލިކް ޕޭސްޓާއި، ތެޅި މިރުސްކޮޅު އަޅާލައި ރަނގަޅަށް މިލުވާލާށެވެ. ޓޮމާޓޯ ޕިއުރީ އާއި ލޮނު އަދި މިރުސް ވެސް އަޅާލައި ފުލުގައި ނުހިފާނެހެން މަތީ ދޭފަތަކުން ހަލާށެވެ. ޓޮމާޓޯ ޕިއުރީ ކޮޅު އޮލަޖެހެން ފެށުމުން ފެންފޮދާއި ކެޝޫނަޓްކޮޅު އެއަށް އަޅާލާށެވެ. އިރުކޮޅަކު ކައްކާލުމަށްފަހު ގަރަމް މަސާލާކޮޅު އަޅާލާށެވެ. ދެން ފިހެފައިހުރި ކުކުޅު ކޮޅު އަޅާލައި ކުކިން ކްރީމްކޮޅުވެސް އަޅާލައި ހަވާދު ގަނޑު ކުކުޅަށް ވަންނަންފެން ކައްކާލާށެވެ. އުނދުން ނިންވާލަމުން ކޮރެއަންޑާ ފަތްކޮޅު މައްޗަށް ބުރުވާލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިގޮތަށް ބޭނުންވާ ތަކެތި ލިޔެގެން ނޭންގޭނެދޯ އެއްޗެއް ހަދާކަށް..