ސީރިޔަސް އޮޕަރޭޝަނެއް ކުރަމުން ލަވަ ކިޔާ ރެޕްކުރި ޑޮކްޓަރެއްގެ މައްސަލަ ބަލަން ފަށައިފިއެވެ. މި ޑޮކްޓަރުގެ މައްސަލަ ބަލަން ފަށާފައިވަނީ މި މީހާގެ ޢަމަލުތަކުގެ ސަބަބުން، ބަލިމީހެއްގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބުންކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ޖޯޖިޔާ އަށް ނިސްބަތްވާ ވިންޑެލް ބޮއުޓް ނަމަކަށް ކިޔާ މި ޑޮކްޓަރު، އޮޕަރޭޝަން ކުރަމުން ރެޕްކުރުމަށްފަހު، ރެޕްކުރާ މަންޒަރު ފެންނަ ވީޑިޔޯތައް ލަނީ އޭނާގެ ޔޫޓިއުބް ޗެނަލަކަށެވެ.

ބައެއް ނޫސްތަކުން ބުނާގޮތުގައި މި މީހާ ރެޕްކުރާއިރު، ތިއޭޓަރު ތެރޭގައި ހުރެގެން ނަށާވެސް ހަދައެވެ. ހަމައެހެންމެ، ބަލި މީހުން އޮޕަރޭޝަން ކުރާ ބޭނުމާ ގުޅުވައިގެން، ލަވަ ކިޔާ ރެޕްވެސް ކުރެއެވެ.

އެހެންނަމަވެސް، މި މީހާގެ ސަބަބުން ބަލިމީހެއްގެ ސިކުނޑިއަށް ގެއްލުން ލިބުނީ ކިހިނެއްކަން ބުނަން ނޭނގޭކަމަށް، އެނޫސްތަކުން ބުނެފައިވެއެވެ.

ކަމާ ބެހޭ ފަރާތްތަކުން މި ޑޮކްޓަރުގެ މައްސަލަ ބަލަން ފަށާފައިވާއިރު އޭނާ ސަސްޕެންޑުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. ޑރ. ބައުޓް އަކީ ޑާމިޓޯލޮޖިސްޓެއްކަމަށް ވާއިރު، އޭނާ ކުރިއަށް ގެންދަނީ ކޮސްމެޓިކް ސާޖަރީކަމަށްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު