ބޮލީވުޑް އިންޑަސްޓްރީގެ ލެޖެންޑް އަމީތާބު ބައްޗަން މި ދުވަސްކޮޅު ސްކްރީންގެ ކުރިމަތިން ނުފެނުނު ކަމުގައި ވިޔަސް އޭނާގެ ސަޕޯޓަރުން މުނިފޫހިފިލުވާނެ ކަންތައްތައް އޭނާ ކުރެއެވެ.

ހިންދީ ސިނަމާގައި ފިޔަޖަހަމުން އެތަކެއް ދުވަހެއް ވަންދެން އުޅެފައިވާ އަމީތާބްގެ ވަރަށް ގިނަ ފިލްމުތައް ވަނީ ބެލުންތެރިން ބަލައިގެންފައެވެ.

އަމީތާބުއަކީ މީސްމީޑިއާ ވަރަށް ގިނައިން ބޭނުން ކުރަމުންގެންދާ ބޭފުޅެކެވެ. އެގޮތުން މި ފަހަރު އޭނާ މީސްމީޑީއާއަށް ދޫކޮށްފައިވާ މި ފޮޓޯއަކީ އޭނާ އެންމެ ފަހުން ނަގާފައިވާ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ.

މިފޮޓޯއިން ފެނިގެންދަނީ އަމީތާބު ތިން ފުރޮޅުލީ ބައިސްކަލެއްގެ މަތީގަ ހުއްޓައެވެ. މި ފޮޓޯގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ވަނީ އަމީތާބުއަށް ލިބިގެން ގޮސްފައެވެ.

އަމީތާބު އެންމެ އަވަހަށް ފެނިގެން ދާނީ ރަންބީރު ކަޕޫރު އާއި އާއިލާ ބަޓްއާއި އެކު "ބުރަ މަސްތުރާ" ފިލްމުންނެވެ.