މަގުމަތިން ދަތުރުކުރަނިކޮށް ކުއްލިއަކަށް މަގު މެދަށް މަތިންދާބޯޓެއް ޖައްސާތަން ފެނުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ގައްނާނީ ބިރު ހެއްޔެވެ؟ ނުވަތަ ނަގާނީ ފޮޓޯއެއް ހެއްޔެވެ؟

އެމެރިކާގެ ނަން މަޝްހޫރު ލޮސް އެންޖަލިސްގެ މަގަކަށް ދާދިފަހުންވަނީ މަތިންދާބޯޓެއް ޖައްސާފައެވެ. އެސިޓީގެ ހަންޓިންޓަން ބީޗު ސްޓްރީޓުގެ މެދަށް މި ބޯޓު ޖެއްސިއިރު، ކަންދިމާ ކުރި ގޮތުން މިއީ ކުޑަކުޑަ ބޯޓެކެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ލޮސް އެންޖަލިސްގެ މަގުމައްޗަށް، ސެސްނާ ޒާތުގެ މި ބޯޓު ޖައްސާފައިވަނީ އެމަޖެންސީއެއް ވެގެންނެވެ. އަދި، ބޯޓުގައި އިން ތަމްރީނު ވަމުންދާ ޕައިލެޓު ކޮށްފައިވަނީވެސް އެމަރޖެންސީ ލޭންޑިން އެކެވެ.

ނޫސްތަކުން ބުނާގޮތުގައި މި ބޯޓަކީ، ޖޯން ވޭން އެއަރޕޯޓަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓެކެވެ. އެހެންނަމަވެސް، ދަތުރުމަތީގައި ބޯޓުގެ ތެޔޮ ހުސްވެގެން، މިފަދަ ކަމެއް ކުރަން ޖެހުނީއެވެ.

ބާރުބޮޑު މަގެއްގެ މައްޗަށް، ތަމްރީނު ވަމުންދާ ޕައިލެޓަކު ބޯޓު ޖެއްސިއިރު، މިކަމުގެ ސަބަބުން އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށްވެސް ގެއްލުމެއް ލިބިފައިނުވެއެވެ. ޓީވީ ތަކުން ބުނެފައިވާ ގޮތުގައި، ޕައިލެޓުވެސް ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ.

ކޮންމެއަކަސް މިއީ ތަފާތު ކަމެއްތާއެވެ.

ކިޔުންތެރިންގެ ހިޔާލު