ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޓިކްޓޮކް އެކައުންޓް ވެރިފައި ކޮށްފި އެވެ.

މީސްމީޑިޔާ އެޕްލިކޭޝަން ތަކުގެ ތެރެއިން ޓިކްޓޮކް އަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުންކުރާ އެޕްލިކޭޝަނަކަށް ވާއިރު ރާއްޖޭގެ ގިނަ މީހުންވެސް މި އެޕްލިކޭޝަން ބޭނުންކުރެއެވެ.

ރާއްޖޭގެ ރަސްމީ އިދާރާތަކުންވެސް ޓިކްޓޮކް އެޕްލިކޭޝަން ބޭނުންކުރަން ފައްޓާފައިވާއިރު އެޗްޕީއޭއިން ޓިކްޓޮކް އެކައުންޓް ހެދީ އިއްޔެގެ ވަގުތެއްގައި ކަމަށް ބެލެވެ އެވެ.

އެޗްޕީއޭ އިން ހެދި ޓިކްޓޮކް އެކައުންޓުގައި އަދި އެއްވެސް ވީޑިއޯއެއް ނެތް އިރު މިހާތަނަށް އެ އެކައުންޓް ފޮލޯކޮށްފައި ވަނީ ފަސް ފަރާތަކުންނެވެ. އެޗްޕީއޭގެ އެކައުންޓުން ވަނީ ދެ ފަރާތެއް ފޮލޯ ކޮށްފަ އެވެ. އެއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ޔުނިސެފް ގެ ޓިކްޓޮކް އެކައުންޓެވެ.

މުނިފޫހިފިލުވުމަށް އެކި ފަރާތްތަކުން ޓިކްޓޮކް ބޭނުންކުރަމުން އަންނަ އިރު ދުނިޔޭގެ ބައެއް ޖަމިއްޔާ ތަކާއި ރަސްމީ އިދާރާ ތަކުންވެސް ޓިކްޓޮކް ބޭނުންކުރަން ވަނީ ފަށާފަ އެވެ. ރަސްމީ ފަރާތްތަކުން ޓިކްޓޮކް ބޭނުންކުރަނީ މުހިންމު މަޢުލޫމާތުތައް ގެނެސްދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެވެސް ޓިކޮޓޮކް އެކައުންޓެއް ހުޅުވާފައި ހުރެއެވެ. އެ އެކައުންޓުގައި މުހިންމު ގިނަ ވީޑިއޯތައްވެސް ލާފައި އެބަ ހުއްޓެވެ