ބޭނުންވާ ތަކެތި:

  • 1 މސ ކަސްޓަޑް
  • 1 މސ ކޯރންފުލާރ
  • 1 ބިސް
  • 1 ގެރިކިރު ދަޅު
  • 2 ޖޯޑު ދިޔާ ކިރު
  • 3 ދޮންކެޔޮ
  • 2 ޖޯޑު ޖެލީ
  • 1/2 ޖޯޑު ކެށޫ ނަޓްސް
  • މާރީ ބިސްކޯދު

ތައްޔާރު ކުރާނެ ގޮތް:

ކަސްޓަޑް، ބިސް، ގެރިކިރު އަދި ދިޔާ ކިރު މިކްސްޗާރ އަށް އަޅާ ރަނގަޅަށް ގިރާލާށެވެ. އޭގެ ފަހުގައި ތެއްޔަކަށް އަޅާ ކައްކާލާށެވެ.

ޓްރޭއެއްގައި ބިސްކޯދު އަތުރަމުން ލޭޔާސް ކޮށް ކައްކާފަ ހުރި އެއްޗެހި އޭގެ ބިސްކޯދު މައްޗަށް އަޅަމުން ގެންދާށެވެ.

އެއަށްފަހު ދޮން ކެޔޮ ފޮތި ފޮއްޗަށް ކޮށާލުމަށް ފަހު ޕުޑިން މަތީގައި އަތުރާލާށެވެ. ހަމަ އެގޮތަށް ޖެޅި ކޮޅުވެސް އަޅާލާށެވެ. އޭގެ ފަހުގައި ކެށޫނަޓްސް ކޮޅު އޭގެ މައްޗަށް އަޅާލާށެވެ.

2 ގަޑި އިރު ފުރިޖްގަ ފިނި ކުރަން ބަހައްޓާށެވެ.