ބޭނުންވާނެ ތަކެތި :

5 މޭޒުމަތީ ސަމްސާ އަންސޯލްޓެޑް ބަޓަރު (ދިޔާކޮށްފައި)

1 ޖޯޑު ކޯންފްލޭކްސް ( ހިމުން ކޮށްފައި)

200 ގްރާމް ހެޒަލްނަޓް

1/2 ޖޯޑު ކްރީމް ޗީޒް

170 ގްރަމް ޑާކް ޗޮކްލެޓް

4 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރު

8 ފެރާރޯ ޗޮކްލެޓް

1/2 ސައިސަމްސާ ވެނީލާ އެސެންސް

1/2 ޖޯޑު ސަވާ ކްރީމް

85 ގްރާމް ހަކުރު

ތަައްޔާރު ކުރާނެ ގޮތް

ފުރަތަމަ ބަޓަރު، ކޯންފްލޭކްސް އަދި ކޮކޯ ޕައުޑަރު އެއްކޮށްލާށެވެ. ރަނގަޅަށް އެއްކުރުމަށް ފަހު ސްޕްރިމްގް ފޯމް ޕޭން އެއްގައި ކޯންފްލޭކްސްތައް އަޅާ ބޭސް ތައްޔާރުކޮށް އައިސް އަލަމާރިއަށް ލާށެވެ.

ދެން އަވަނުގައި ހެޒްލް ނަޓްތައް ޓޯސްޓް ކޮށްލާ، ފުޑް ޕްރޮސެސާއިން ރަނގަޅަށް މުގުރާލާށެވެ. ދެން މީގެ ތެރެއަށް ވެނީލާ އެސެންސް ކްރީމް ޗީޒް އަދި ސަވަރ ކްރީމް، ހަކުރު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޕޭސްޓްގަނޑު އައިސް އަލަމާރިއަށް ލި ކޯންފްލޭކްސް ބޭސްގެ މައްޗަށް އަޅާ ފަތުރާލާށެވެ. އެ އަށްފަހު ކުޑަކޮށް ފިނިކޮށްލުމަށް އަނެއްކާވެސް އައިސް އަލަމާރިއަށް ލާށެވެ.

އެއަށްފަހު ޗޮކްލެޓް ދިޔާކޮށް ބާކީ ހުރި ކްރީމް ޗީޒާއި ސަވަރ ކްރީމް އާ އެއްކޮށްލާށެވެ. ދެން މި ބައިވެސް ކުރިން ތައްޔާރުކުރި ލޭޔަރުގެ މައްޗަށް އަޅައި ފެރޭރޯ ޗޮކްލެޓުތައް މަތީގައި އަތުރާލުމަށްފަހު އަނެއްކާވެސް އައިސް އަލަމާރިއަށް ލާށެވެ. ދެން 30-40 މިނެޓް އައިސް އަލަމާރީގައި ބެހެއްޓުމުން ހުންނާނީ ފެރޭރޯ ޗީޒް ކޭކް ހެދިފައެވެ.