51 މިލިއަން ރުފިޔާ ލިބިއްޖެނަމަ ތިބާ ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ޖަވާބު ދޭން ތައްޔާރު ނުވަންޏާ ކުރެވިދާނެ ކަމެއްގެ ޚިޔާލު ދީފާނަމެވެ. ދުނިޔޭގެ ތިން ވަނަ އަށް އެންމެ މުއްސަނދި ވޮރެން ބަފެޓް އާއި އެކު މެންދުރުގެ ކެއުމަކަށް ދާންވީ ނޫންހެއްޔެވެ؟ އެއީ ތިބާ އެކަނި ކުރާ ކަމަކަށް ނުވާނެއެވެ. މިހާރު ވެސް ބަފެޓް އާއި އެކު މެންދުރުގެ ކެއުމަކަށް ދިއުމަށް މީހަކު މިވަނީ 51 މިލިއަން ރުފިޔާ ޚަރަދު ކުރަން ނިންމާފައެވެ.
އީބޭގައި ކުރިއަށް ދިޔަ ބިޑެއް 3.3 މިލިއަން ޑޮލަރު (51 މިލިއަން ދިވެހި ރުފިޔާ) އަށް ކާމިޔާބުކޮށް ބަފެޓް އާއި އެކު ކެއުމެއް ލިބުމުގެ ފުރުސަތު ހޯދި މީހާ އަށް އޭނާގެ ހަތް ރަހުމަތްތެރިޔަކު ކެއުމަށް ގެންދިއުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މިކެއުން އޮންނާނީ މެންހެޓަންގެ ސްމިތު އެންޑް ވޮލެންސްކައި ސްޓޭކްހައުސްގައެވެ. ކެއުމުގައި ބޭނުން ކޮންމެ ކަމަކާއި ބެހޭ ގޮތުން ބަފެޓް އާއި މަޝްވަރާކޮށް ބޭނުން ކޮންމެ ސުވާލެއް ބަފެޓް އާއި ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ބަފެޓްގެ ކެއުމުން ލިބޭ ފައިސާ ހަދިޔާ ކުރާނީ ގްލިޑް ފައުންޑޭޝަން ކިޔާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާޢަތަކަށެވެ. އެޖަމާޢަތުން މިފައިސާ ޚަރަދު ކުރާނީ ފަގީރުންނާއި، ގެދޮރުނެތް ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. 51 މިލިއަން ރުފިޔާ އިން އެންމެ ރުފިޔާ އެއް ވެސް ބަފެޓް އަކަށް ނުލިބޭނެއެވެ.
ތީދެން ކާކުތަ މީހަކު ކެއުމަކަށް ދާވަރުގެ.. މަށަށް ތިކަލޭގެ ހިލޭ ކެއުމެއްދިނަސް ތި ބޭގަނޑާއެކީ ދާކަށް ބޭނުމެއްނޫން.. ކައުންޓް ކުރާމީހެއްނޫން..
އާންމުކޮށް ތިކަހަލަ ވާހަކަ ދައްކާ އުޅެނީ އުފެދުމުގައި ނާށިގަނޑު އެކަނި ހުންނަ މީހުން