އަންހެނަކު މި ވަނީ އޭނާގެ ބަނޑަށް ތިން ހަފްތާ ވެފައި ހުއްޓާ، އަނެއްކާވެސް ބަނޑުބޮޑުކަން އެނގިގެން ދިއުމުން ތަފާތު ތަޖުރިބާއެއް ކުރަން ޖެހިފައެވެ. އޭނާއަށް އެކަން ބޮޑުހައިރާން ކަމަކަށް ވެގެން ދިޔައިރު މިއީ މުޅި ދުނިޔެއަށް ބެލިނަމަވެސް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ރެބެއްކާ ރޮބާޓްސަން ނަމަކަށް ކިޔާ މި އަންހެން މީހާއަށް ލިބުނީ އެއްމާބަނޑު ދެކުދިންނެވެ. ތަަފާތަކީ އެއް ކުއްޖަކު ތިން ހަފްތާއަށް ހަގު ވުމެވެ. "އެއްމާބަނޑު" ނަމަވެސް ބަލާ ބެލުމުގައި ވެސް މިދެކުދިންގެ ތަފާތު ފެނެއެވެ.

މިހާތަނަށް ރެކޯޑް ކުރެވިފައި ވަނީ މިފަދަ 13 ވަރަކަށް ވޭދަނަ ކަމަށް ވެއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ރެބެއްކާ އޭނާއަށް އެއްމާބަނޑު ދެ ކުދިން ލިބޭކަން އެނގުނީ މާ ފަހުންނެވެ. ފުރަތަމަ ސްކޭން ހެދިިއިރު ކޮވިޑް-19އާ ގުޅިގެން އެ ގައުމު ފުރަބަންދެެއް ނުކުރެއެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައެވެ. އެއިރު އެކަން ނޭގުން ނަމަވެސް، ކޮވިޑް ފެނި ގައުމު ފުރަބަންދު ކުރި ފަހުން ހޮސްޕިޓަލަށް ސްކޭން ހަދަން ދިޔައިރު، އިތުރު ކުއްޖަކު އޮތްކަން އެނގުނެވެ.

އެއިރު ހޮސްޕިޓަލަށް ހަޔާތުގެ ބައިވެރިޔާއެކު ދިޔަ ނަމަވެސް އޭނާ އެތެރެއަށް ވަންނަން ހުއްދަ ނުދިނެވެ.

"އަހަރުމެންނަށް އެއިރު އެނގުނީ އިތުރު ކުއްޖަކަށް އަހަރެން ބަނޑުބޮޑުކަން" އޭނާ ކިޔައި ދިނެވެ.

އޭނާ ވިހާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ.

"މިރާ" ނޫހާއި ވާހަކަދައްމުން ބުނީ، އޭނާ ބަނޑުބޮޑުއިރު، ޑޮކްޓަރުން އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ކުޑަ ކުއްޖާގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރި ކަމަށެެވެ.

ރެބެއްކާ ބުނީ، ސްކޭނުންވެސް އެއް ކުއްޖަކު ބޮޑުކަން އެނގުމުން ހައިރާން ވި ކަމަށެވެ. އެކަމަކު ދެ މީހުންގެ އުމުރުގައި ތިން ހަފްތާގެ ތަފާތެވެ.

"އަހަރެންނަށް އެއްވެސް ވަރަަކަށް ފަހުމެއް ނުވި ސައިޒްގެ މިހާބޮޑު ތަފާތެއް އަންނަންވީ ސަބަބެއް".

އޭނާ ބުނީ، ބާތް ރޯޔަލް ޔުނައިޓެޑް ހޮސްޕިޓަލްގެ ޓްވިން ސްޕެޝަލިޓުންނަށް ދައްކާ ބެލިއިރު، ހާމަވެގެން ގޮސްފައި ވަނީ އޭނާ ބަނޑުބޮޑުވެފައި ހުއްޓާ ބަނޑުބޮޑުވީ ކަމަށެވެ.

އެދެ މީހުންނަށް އެކަން ވެގެން ދިޔައީ ބޮޑު ހައިރާންކަމަކަށެވެ. އަދި ގެއަށް ގޮސް އޭނާ ގޫގުލްވެސް ކުރިއެވެ.

މިގޮތަށް އެއް ކުއްޖަކު ކުޑަކަމަށް ދައްކާތީ ޑޮކްޓަރުންވެސް އެކި ގޮތްގޮތަށް ވާހަކަދެއްކިއެވެ. އެގޮތުން އެ ކުއްޖާ ހެދިބޮޑުނުވަނީ ކަމަށްވެސް ބުންޏެވެ. އެހެންވެ ރެބެއްކާއަށް މާބަނޑުއިރު މާބޮޑު އުފަލެއް ނެތް ކަމަށް ބުންޏެވެ. އޭނާ ހުރީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.

މިގޮތަށް ދުވަސްތައް ހޭދަވަމުން ގޮސް، ސެޕްޓެމްބަރު މަސް ތެރޭގައި ޑޮކްޓަރުންނަށް ވަނީ ދެކުދިންގެ ފޫޅުގައި މައްސަލައެއް އުޅޭކަން ފާހަގަ ވެފައެވެ. އަދި ބަނޑަށް 33 ހަފްތާގައި އޮޕަރޭޝަން ކޮށްފައި ދެ ކުދިން ނަގަން ޖެހުނެވެ.

ސެޕްޓެމްބަރު 17 ވަނަ ދުވަހު މި ކުދިން އޮޕަރޭޝަން ކޮށްގެން ނެގިއިރު، ނޯއާގެ ބަރުދަނުގައި ހުރީ 1.8 ކިލޯ އެވެ. ރޮސަލޭގެ ބަރުދަނުގައި ހުރީ 0.9 ކިލޯ އެވެ.

މި ކުދިން ވިހައިގެން ތިބީ ދެ ހޮސްޕިޓަލެއްގައެވެ. ގާތްގަނޑަށް ފުރަތަމަ ދެހަފްތާގައި ވަކިން އުޅެން ޖެހުނީ ހާއްސަފަރުވާ ދޭށެވެ. ދެ ކުދިންގެ މައިންބަފައިންވެސް އުޅެން ޖެހުނީ ދެ ސިޓީއެއްގެ ދެ ހޮސްޕިޓަލްގައެވެ. އެގޮތުން ރޮސަލޭއަށް ހާއްސަ ފަރުވާދިނުމަށް ފޮނުވާލީ ބްރިސްޓޯލްއަށެވެ. ނޯއާ އޮތީ ބާތު ހޮސްޕިޓަލްގައެވެ.

ދެ ހަފްތާ ފަހުން ކުޑަކުޑަ ރޮސަލޭ ވަނީ ބާތު ހޮސްޕިޓަލްގެ އެންއައިސީޔޫއަށް ގެނެސްފައެވެ. އަދި އޭނާގެ ބޭބެ ނޯއާ ކައިރީގައި ބއްވާފައެވެ.

ނޯއާ ތިން ހަފްތާ އާއި ތިން ދުވަސް ވަންދެން ހޮސްޕިޓަލްގެ ނިއޯނެޓަލް އިންޓަންސިވް ކެއާގައި އޮތްއިރު، ރޮސަލޭ 95 ދުވަސް ވަންދެން އެތަނުގައި އޮތެވެ.

ރެބެއްކާ އާއި ލޯބިވެރިޔާ އެ މީހުންގެ ރަހުމަތްތެރިންނާއި އާއިލާ ތެރޭގައި އެ ކުދިންގެ ވާހަކަދައްކާފައެއް ނުވެއެވެ. އެއީ އެ ކުދިންގެ ހާލަތު ރަނގަޅުވަންދެން އެކަން ސިއްރު ކުރީއެވެ. ނަމަވެސް މިހާރު އެންމެންނަށް ވަނީ އެ ކަން އެނގިފައެވެ. އަދި އެ ކުދިންގެ ހާލު ރަނގަޅު ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު