ކ.މާފުށީގައި ހުންނަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު (އިސްލާހިއްޔާ) ހުންނަ ސަރަހައްދަކީ މިހާރު ނާމާން ސަރަހައްދެއް ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. މީގެ އެތައް އަހަރެއް ކުރިން އެތަން ބޭނުން ކުރަމުން ދިޔައީ ކުދިންގެ އަހުލާގު ރަނގަޅުކޮށް، ބޭނުންތެރި ބަޔަކަށް ހެދުމަށެވެ. 1979 ވަނަ އަހަރުގެ ތެރޭގައި ހުޅުވި އެތަން އުވާލީ 2016 ވަނަ އަހަރު ތެރޭގައެވެ. އެ ސަރަހައްދު ފަހުން ދޫކޮށްފައި ވަނީ ގޯތި ދިނުމަށެވެ. މިހާރު އެ ސަރަހައްދުގައި ޕާކެއް އަޅަން ނިންމާފައި ވެއެވެ.

އެ ސަރަހައްދު މިހާރު ނާމާންވެފައިވާ ކަމަށް އެރަށު ބައެއް މީހުން ވާހަކަދައްކާ ހަދާއިރު، އެއީ މަޖަލަކަށް ދައްކާ ވާހަކައެއް ކަމަށް ބުނާ މީހުންވެސް އެބަ އުޅެއެވެ.

އެ ސަރަހައްދަކީ މިހާރު މަސްތުވާތަކެތި ބޭނުން ކުރާ މީހުން ގޮސް އުޅޭ ތަނެކެވެ.

އެ ވާހަކަ ބައްވާމަ ހިނގާށެވެ. މި އުޅެނީ އެ ސަރަހައްދުގައި ޖިންނި އުޅޭ ކަމަށް ބުނެ މީހަކު ޓިކްޓޮކްގައި އާއްމު ކުރި ވީޑިއޯއަކަށް ސަމާލުކަން ލިބިގެންނެވެ.

"މިއީ ހަމަ ހަގީގަތެއް، މާފުށީގެ އިސްލާހިއްޔާ ކޮޅު މިއީ، އަހަރެން މިހުރި ބިރުން، މިއީ ދަންވަރު ގަޑި". ޝިޔާޝަޒީން ނަމަކަށް ކިޔާ މީހަކު ޓިކްޓޮކްގައި އާއްމު ކުރި ވީޑިއޯއެއްގެ ކެޕްޝަންގައި ލިޔެފައި ވެއެވެ. މީގެ އެއް ދުވަސް ކުރިން އޭނާ އާއްމު ކުރި އެ ވީޑިއޯއަށް 27،000 އަށްވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ދަންވަރު ގަޑީގައި، ވައިރޯޅިއެއް ނުޖެހޭ އިރުވެސް އުނދޯއްޔެއް ހެއްލެމުންދާ މަންޒަރެވެެ. އެއް ވަރަކަށް އެ އުނދޯލި ހެއްލެމުންދާއިރު، ކައިރީގައި އިން އަނެއް އުނދޯލި ނުއެއް ހެއްލެއެވެ.

އެ ވީޑިއޯއަސް މިހާތަނަށް 770 ލައިކްސް ލިބިފައިވާއިރު، 163 ކޮމެންޓްވެސް ލިބިފައި ވެއެވެ. އަދި 118 ޝެއާވެސް ލިބިފައި ވެއެވެ.

@shiyaashazeen

this is real at islaahiyaa kolhu in maafushi I'm soo scared and it's even in midnight 😬😶

♬ Brawl stars - Brawl Stars

އެ ވިީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ އެއީ ވައިގެ ސަބަބުން ވާކަމެއް ކަމަށް ބުނެފައެވެ. ނޫނީ އޭނާ އަމިއްލައަށް އޭތި ހެއްލާފައި އައިސް ވީޑިއޯ ނެގީ ކަމަށް ބުނި މީހުންވެސް ތިއްބެވެ. އަދި އޭނާ ރޭގަނޑު ގަޑީގައި އެތަނަށް ދިޔައީ ކީއްކުރަންތޯ ސުވާލު ކުރި މީހުންވެސް އެބަ އުޅެއެވެ.

އެ ވީޑިއޯ މިގޮތަށް އާއްމު ކުރުމުން، އެރަށު މީހެއް ކައިރީގައި ބުނުމުން ދުވާލު ގަޑީގައި ހަމަ އެ އުނދޯލި ހެއްލޭ ވީޑީއޯއެއް "ވަގުތު"އަށް ވަނީ ލިބިފައެވެ. އެ ވީޑިއޯގައިވެސް އެ އުނދޯލި ހެއްލޭ މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޙަހަ

  އެތަނުން ފެންނަނީ ދިވެހި ފިރިހެނުން ނާ ފަތުރުވެރިން އަންހެނުން ދަންވަރު މާފޮޅުވާ ސަރަހަދެ ގެގޮތުއައި އެއުދޯލި އެހުރީ ކަން ވާރުގަނޑު ހަލާކުވެފަ ހުރީމަ އޭގަ ވައި އަޅަނީ ކޮންމެ ކަމެވެސް މީސްމީހުންގެ ހިތުގައި ބިރުވެރި ކަން އުފެދުން ނޫކަމެއް ނުކުރެ

  39
  2
 2. ނަދީމް ހަސަން

  ދި ފޭކެ މަވެސް ކިޔެވޭ ދިތާގަ 1990
  2004 ގަ

  19
 3. ޒާ

  ދެން ތިޔަށްވުރެން ގަޅިކަމެއް ކުރަން ނޭނގުނީތަ؟

  34
  1
 4. މާމިގިލީ މީހާ

  ފޭކެއްތީ. ކަންވާރު ގަނޑެއް ޖަހައިގެން އެކަކު ފިލާއިދެ. ދަމަނީ. ލައިކް ހޯދާންވެގެން ކުރާކަމެއް ތީ. އަދިއެބަ ބުނެއެއްނޮއް ދަންވަރުއޭ. ދަންވަރުގަ އޮންނަނީ އަލިކޮއްތަ.

  25
  1
 5. ކަމަނަ

  ޖިންނިޔަށް ވެސް އެނގުނީ އެ ހަލާކުވެފަ އިން އެއްޗަށް އަރާ އިނދެ ހެއްލަން ދޯ! 🤣🤣

  13
  1
 6. م س

  ދުވާލުގެ ވީދިއޯ އަލިކޮށްހުރީ ދަންވަރު ވީދިއޯ އަދިރި😊

 7. ޕޮގުބާ

  ފިލާގަނޑުގަ ވައި އަޅާގޮތުން ވީ ކަމެއް ފިލާގަނޑް އިންނަނީ އަރިޔަސް އެހެން އެހެއްލެނި

 8. އައިނާ

  ހަމަ ހުސް ފޭކް ތީ..

 9. ޣGe

  ދެން އެންމެނަށް ވެސް އއިނގެދޯ ތިޔަތަ ފިލަ އިނދެ ކަންވަރު ނުނި ރޯދި ބެނުން ކޮށްގެން އުނދޯލި ހަލުވަނި ތިޔަ މިހުންގެ ސަމަލުކަން ހޯދަން އުޅުނަސް ތިޔަ ބޮޑުވަރު

  4
  1
 10. ޖިންނި

  ތީ ހާދަ މޮޔަ ޖިންނިއެކޭ ކައިރީގަ ރީއްޗަށް އެލުވާލާފަބޮޑު އުނދޯއްޔެއް އިންދަ ދެފައްކަނޑައިގެން ގޮއްސައިން ކުޑަކުޑަ އުނދޯއްޔަކަށް އަރައިގެން އެ ހެއްލަނީ..އަހަންނަކަށް ހިޔެއްނުވޭ އެހާ މޮޔަކަމެއް ޖިންނިއެއް ކޮށްފާނެ ހެނެއް....ގައިމު އޭނަޔަށްވެސް އަރާމު ވާނެއެއްނު ބޮޑު އުނދޯލީގަ ދެފައި ދަމާލައިގެން އޮންނަން