އިންސާނުންގެ އުމުރުން 60 އަހަރުން މައްޗަށް ދިޔުމުން ދެން އެ މީހަކަށް އެކި އެކި ސިއްހީ މައްސަލަތަށް ޖެހި ހަށިގަނޑުގެ ބާރު ކެޑެން މެދުވެރިވެއެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވާ ބައެއް މީހުންނަކީ 60 އަހަރު ފަހަނަ އަޅައި 80 އިން މައްޗަށް ދާއިރުވެސް ހަމަ 20 އަހަރުގެ ޒުވާނެކޭ އެއްފަދައިން ހެލިފެލިވެ އުޅޭ މީހުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ އުމުރުން 83 އަހަރުގެ ބޮޑީ ބިލްޑަރ ޖިމް އަރިންގްޓޮމްއެވެ.

އެމެރިކާއަށް އުފަން ޖިމް އަރިންގްޓޮމް އަށް މިއަހަރު 84 އަހަރު ފުރޭއިރު އޭނާ އަދިވެސް ދަނީ ބޮޑީ ބިލްޑިންގައި ދުނިޔޭގައި ބާރަށް ފިޔަޖަހަމުންނެވެ. ހަށިގަނޑުގެ ރީތިކޮށް ވަރުގަދަ ކުރުމަށް ކެނޑި ނޭޅި މަސައްކަތް ކުރަމުންދާ ޖިމް ބުނި ގޮތުގައި ބޮޑީބިލްޑިން އަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫނެވެ. އަދި އެއީ ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށްވެސް ހިތްވަރާއި އެކު މަސައްކަތް ކޮށްފި ނަމަ ކުރެވޭނެ ކަމެއް ކަމަށްވެސް ޖިން ބުނެފައިވެއެވެ.

އުމުރުން 20 އަހަރުގައި ބޮޑީބިލްޑިން ދުނިޔެއަށް ލޯ ހުޅުވުނު ޖިމް އަކީ މިހާރު ބޮޑީބިލްޑިންގް ގައި ހުރިހާ ކާމިޔާބީއެއް ހޯދައިފައިވާ ބޮޑީބިލްޑަރެކެވެ.

50 އަހަރަށް ވުރެއް ގިނަ އަހަރު ބޮޑީބިލްޑިންގް ދާއިރާގައި މަސައްކަތް ކޮށްފައިވާ ޖިމް ބުނި ގޮތުގައި ބޮޑީބިލްޑް ކުރުމުގައި ސިއްހަތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ. އަދި ވަކި ލިމިޓެއްގައި ކާ އެއްޗެހި ކެއުމާއި ބެލެންސް ޑައިޓެއް ބޭނުން ކުރުމަކީ ވަރަށް ހާއްސަ ކަމެކެވެ.

އުމުރުން 83 އަހަރުގެ ޖިމް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ގިނަ ދުވަސްވީ ބޮޑީ ބިލްޑަރެވެ.

ކިޔުންތެރިންގެ ހިޔާލު