އުމުރުން 24 އަހަރުގެ މަންމައަކު މި ވަނީ އޭނާގެ އަންހެން ދަރިފުޅަށް މީހަކު ދޮނެއް ދިން ފަހުން ވީ ކަންތައްތަކުގެ ވާހަކަ ހިއްސާ ކޮށްފައެވެ. ޒޯއީ ޕިކްނެޓް ނަމަކަށް ކިޔާ އެ އަންހެން މީހާގެ ދަރިފުޅު، ޓެޑީ އެއް ދުވަހު ނިދިން ހޭލިއިރު އޮތީ ވަރަށް ބޮޑަށް ފިނިވެފައެވެ.

ނޯތް ޔޮކްޝިރޭގައި ދިރިއުޅެމުން އަންނަ ޒޯއީ ވަނީ ވަގުތުން ހޮސްޕިޓަަލަށް ގުޅައި ހާލަތު ކިޔާދީފައެވެ. އެދުވަހު ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ޑޮކްޓަރުން ދިނެވެ.

އެއީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ އަނެއް ދުވަހު އުމުރުން 16 މަހުގެ ޓެޑީގެ ހާލަތު ގޯސްވިއެވެ. ވަގުތުން އޭނާ ގޮވައިގެން އޭ އެންޑް އީ ހޮސްޕިޓަލަށް ދިޔައެވެ. އެނގުނު ގޮތުގައި އެ ކުއްޖާއަށް ކުރިމަތިވެގެން އުޅެނީ ވައިރަސްއެއްގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

މިކަން ދިމާވި ފަހުން އެ ކުއްޖާއަށް ދެ ސްޓްރޯކް ޖެހުނެވެ. އަދި ފިޓް ޖެހުނެވެ. މިއާއެކު އޭނާ އަށް ވާހަކަދެއްކުން ހުއްޓުނެވެ.

ޒޯއީ ބުނީ،މިކަން ދިމާވީ މީހަކު ދަރިފުޅަށް ދޮނެއް ދިން ފަހުން ކަމަށެވެ. ދަރިފުޅަކީ ކުރިން ވަރަށް ވާހަކަދައްކާ ކުއްޖެއް ކަމަށްވެސް ބުންޏެވެ. މިހާރު ޒޯއީ ދަނީ ދަރިފުޅަށް އަތުގެ ހަރަކާތުން ވާހަކަދައްކަން ދަސް ކޮށްދެމުންނެވެ.

އޭނާ ބުނީ، ދަރިފުޅަށް ކުރިމަތިވެގެން އުޅެނީ އެޗްއެސްއީ-1 އިންފެކްޝަން ކަމަށެވެ. ބެލެވޭ ގޮތުގައި މީހަކު ދަރިފުޅަށް ދޮނެއް ދިނީ ކަމަށާއި، ނޫނީ މީހަކު ބޮއެފައި ހުރި އެއްޗެއް ދަރިފުޅަށް ދިނީ ކަމަށް ބެލެވޭ ކަމަށެވެ.

ޒޯއި ފާހަގަކުރިގޮތުގައި، ދަރިފުޅުގެ ފަރާތުން ފުރަތަމަ ފެންނަން ފެށި އަލާމަތްތަކަކީ ނިދުމެވެ. އޭނާގެ ދަރިފުޅަކީ ވަރަށް އުފާވެރިކޮށް، އަދި ކުޅުމުގައި ކުރިން ހޭދަކުރި ކުއްޖެކެވެ. ނަމަވެސް ފަހުން ދަރިފުޅު މާ ގިނައިން ނިދައެވެ. އަދި ކާން ދެކޮޅު ހަދައެވެ.

ޒޯއީ ދަރިފުޅު ގޮވައިގެން ފުރަތަމަ ދިޔައީ ރެޑްކާ ޕްރައިމަރީ ހެލްތް ކެއާ ހޮސްޕިޓަލަށެވެ. އޭނާ ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ، ފައި ނޫވެ، ދަރިފުޅުގެ ގައި ވަރަށް ބޮޑަށް ރަތް ވުމުންނެވެ. އަދި ދަރިފުޅު ގައި ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ. އެތަނުން ބުނީ، ދަރިފުޅުގެ މައްސަލައެއް ކަމަށެވެ. އަދި ގެއަށް ދިއުމަށް އެދުނެވެ.

ކިޔުންތެރިންގެ ހިޔާލު