ރެސްޓޯރެންޓްއަކަށް ގޮސްފިނަމަ ކޮންމެވެސް މީހަކު ރެސްޓޯރެންޓްގައި ތިބޭ ވެއިޓަރުންނާއި ރެސްޓޯރެންޓްއަށް އަންނަ ކަސްޓަމަރުންނާއި ޒުވާބު ކުރާތަން ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ޒުވާބެއް ހޫނު ވެގެން ގޮސް އެތަނުން މީހެއް މަރުވާތަން އަންނަނީ މަދު ފަހަރެއްގައެވެ.

ނަމަވެސް އިންޑިޔާގެ ބެންގަލްގައި މިވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އިންޑިޔާގެ ފުލުހުން އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ ބެންގަލްގައި ހުރި ރެސްޓޯރެންޓްއެއްގައި ކާތަކެތީގެ އަގު ބޮޑުވުމުން ކުރި ޒުވާބެއް ހޫނުވެ، ވެއިޓަރު ގަޔަށް ބަޑި ޖަހާ މަރާލައިފައިވާ ކަމަށެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ވެއިޓަރު މަރާލާފައިވަނީ 4 މީހުންގެ ގުރޫޕްއަކުން ކަމަށެވެ. އަދި މި ޒުވާނު ހިގަން މެދުވެރިވީ ބިރިޔާނީގެ އަގު ބޮޑު ވުމުން ކަމަށްވެސް ނޫސްތަކުގައިވެއެވެ. މިގޮތުން ބިރިޔާނީ ދީފައިވަނީ 190 ރުޕީސްއަށް ތައްޓެއްގެ މަގުންނެވެ.

މިމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ދާއިރު، މި ހަތަރު މީހުންގެ ތެރެއިން އެކަކު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އަނެއް ތިން މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު