ރައްޔިތުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު ކަމުގެ މަގާމުން މުހައްމަދު މަލީހު ޖަމާލު ވަކި ކުރި ފަހުން ފުރަތަމަ ޓުވީޓު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްފިއެވެ.
މަލީހު މަގާމުން ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ.
މަލީހް މަގާމުން ވަކި ކުރި ފަހުން ކުރެއްވި ފުރަތަމަ ޓްވީޓްގައި ހިއްސާ ކުރެއްވީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ދެއްކެވި ވާހަކައިގެ ވީޑިއޯއެކެވެ. އެއީ ޖަވާބުދާރީ ވުމަށް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވާއިރު ވަގުތު ހަމައަށް ދެމުން ދިއުމާ މެދު މަލީހް ސުވާލު އުފެއްދެވުމުން ނަޝީދު ދެއްކެވި ވާހަކަފުޅެކެވެ. މެންބަރުންނާއި މަލީހް ވާހަކަ ދެއްކެވި މިނެޓު އަދަދުތަކުގެ ތާވަލެއް ހިމެނޭ ކަރުދާހެއް ދައްކަވަމުން ނަޝީދު ވިދާޅުވަނީ މަޖިލީހުގެ ގަޑި ކަނޑައަޅަނީ މެޝިނަކުން ކަމަށެެވެ.
މި ވީޑީއޯ ހިއްސާ ކުރައްވަމުން މަލީހް ލިޔުއްވާފައިވަނީ ހިނި އައުމުން ބޭނުން ކުރާ "ހައްހައްހާ" އިމޯޖީގެ ތިން މޫނު އެކަންޏެވެ.
— Mohamed Maleeh Jamal (@maleehjamal) March 1, 2021
ނަޝީދު އެގޮތަށް ވިދާޅުވުމުން މަލީހު އަނެއްކާ ވަނީ މެޝިނުން އޭނާއަށް ވާހަކަ ދެކެވުނު ވަރު ބެލުމަށް އެދިފައެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ވަނީ މަލީހު އަށް އެ ފުރުސަތު ނެތް ކަމަށް ވިދާޅެވެ ވާހަކަ ނިންމާލާފައެވެ. މަލީހްގެ ވާހަކައާއި ގުޅިގެން ނަޝީދު އިންނެވީ ވަރަށް ކޯފާވެފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ގޮތާ މެދު ވެސް މަލީހް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މަލީހް ވިދާޅުވަނީ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަނީ ވަރަށް ޚުދުމުހުތާރު ގޮތަކަށް ކަމަށެވެ. އަދި އެއްވެސް ކުށެއް ނެތި، ދޮގު ތުހުމަތެއް އަޅުވައިގެން އެ ކުރާ މަސައްކަތް ކުށްވެރި ކުރައްވާ ކަމަށެވެ.
މަޤާމްގެއްލުނީމަ މޮޔަފުޅުވީތޯ؟ ދެންހުރޭ ކުދިންބަލަން ގޭގައި..
މމަމމޖްލިސް މެ މމެމްބަރެއް ވަކިކުރަން ހަދަންޖެހޭނީ ކިހެނެއް؟ ތިތާ މިހާރުނެތް ރަގަޅު އެކަތިވެސް، ހާއްސަކޮށް ނަޝީދު
ހަމަ ރަގަޅަށް ކިޔަނީ ކެނެރީގޭ ރާބޮންޖާ
މަލީގެ ވާހަކައާ ގުޅިގެން އެކަލޭގެ އިނީ ކޯފާވެފައެއް ނޫން. އިނީ ހަމައިން ނެއްޓި ޖެއްސޭ ނުޖެއްސޭ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭވަރަށް ރުޅިގަދަވެ ކުޅަދުރެއްހެން ރަތަށް އަރާފައި. އެހެންވެގެން މެޝިނުން ކަނޑައަޅާވާހަކަ ގޮވީވެސް. މަޖިލީހުން ކަންކަން ފާސްވަނީވެސް މިހާރު މިވީގޮތުން މެޝިނުން.
،ޑިސަޕްލިން އެއް ހުންނަ މީހުން މަގާމުތަކަށް ލާބަލަ
އެސޮރު އިނީ ގަހުގަހެންހީވަނީ ވީޑިއޯކޮޅުން
ނަސީދުއިސްތިެުފާދީފަ މެށިނެއްތިތާބަހައްޓަންވީނު މިހާރުއެގިއްޖެ މެށިނުންކަން ތިތަންހިންގަނީ ހައްހައް
މައަންނަ އަހަރު މި ބަޑިއެދުރު ވާނީ މިގައުމު ހަލާކު ކުރާނެ ކެރެފާ ބޮޑުވަޒީރަށް...މިކަލޭގެ މި މަކަރު ޖަހަމުން އަންނަތާ ލައްކަ ޒަމާން...ޟިނަޔަށް އެނގޭ ދެން މިގަުމުގެ ރައީސަކަށް މީނަޔަށް ދުވަހަކުވެސް ނުވެވޭނެކަން...ދެން އެއުޅެނީ ޕުރައި މިނިސް ޓަރަށް ވެގެން އަނިޔާވެރިކަން ދައްކާލަން!!