ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އަކީ ތަފާތު ޝަހުސިއްޔަތެކެވެ. އޭނާ އަކީ އަމިއްލަވަންތަ ގޮތެއް އޭނާ ކުރާ ހުރިހާ ކަމެއްގައި ވެސް ގެންގުޅޭ މީހެކެވެ. އޭނާ އަކީ އޭނާ ހެދުން އަޅާ ސްޓައިލުން ފެށިގެން ވާހަކަދައްކާ ރާގަށް ބެލިއަސް ވަރަށް ތަފާތު މީހެެކެވެ.

ޖާބިރު އާއި ގުޅުން ހުރި ކަންކަމަކީ އާއްމުކޮށް މީސްމީޑިއާގައި ވަރަށް ވައިގައި ހިފާ ކަންކަމެވެ. އަދި ޖާބިރުގެ ސްޓައިލާއި ގުޅޭ ވާހަކަތަކަށް ވަކިން ޚާއްސަ ސަމާލުކަމެއް އާއްމުންގެ ފަރާތުން ވެސް ލިބެއެވެ. މި ފަަހަރު ވެސް މިއޮތީ ޖާބިރުގެ ސްޓައިލާއި ގުޅުން ހުރި ވާހަކައެެވެ. ޖާބިރު ހަމަލޮލުން ފެނި ބައްދަލުވި މީހުންނަށް އޭނާ ޖަހައިގެން ހުންނަ ސެންޓުގެ މީރުވަހާއި ތަފާތުކަން ފާހަގަ ނުވެ ނުދާނެކަން ގައިމެވެ.

ޖާބިރު ކަހަލަ މީހަކަށް އެންމެ ކަމުދަނީ ކޮންކަހަލަ ސެންޓެއްތޯ ހިތަށް އަރާފާނެއެވެ. އެ ސުވާލަށް ޖަވާބު ދެމުން ޖަޒީރާގެ ޕްރޮގްރާމެއްގައި ޖާބިރު ވިދާޅުވީ އޭނާ އަށް ކަމުދާ ވަކި ބްރޭންޑެއްގެ ސެންޓެއް ނުހުންނަ ކަމަށެވެ. އޭނާ އަށް އެންމެ ކަމުދަނީ އަރަބި ޒާތުގެ ސެންޓު ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

" މިހާރު ޕަރފިއުމްގައި އަޅުގަނޑަށް ދެން އޯކޭ މިހެން ދަންނަވާލިއަސް ވަރަށް ގިނަ ޕަރފިއުމް ކަމުދޭ. ސްޕެސިފިކަލީ އަޅުގަނޑަށް ވަރަށް ކަމުދޭ އަރަބި އެއްކަލަ ތަންކޮޅެއް ގަދަ ވަސްވަސް ހުންނަ އެއްޗެހި. ނަންނަން މިވަގުތު ކުއްލިއަަށް، އެ ރޭންޖް ހުންނާތީ، ރަނގަޅު ޕަރފިއުމް ހަމަ އެ ހުރިހާ ބްރޭންޑުތައް މިދެންނެވިގެން ވަރަށް ގިނަ ބްރޭންޑުތައް ބޭނުން ކުރަން. އެއީ މި ދެންނެވިހެން އެކި ވަސްވަހުގެ އެކި ޕަރފިއުމްއިން އެކި ވަސް ވިއްޔާ ދުވަނީ އަނެއްކާ. އެގޮތަށް ދެން އަޅުގަނޑު އެހެން ޕަރފިއުމް ބޭނުން ކުރަނީ." އޭނާ ވިދާޅުވިއެވެ.

ޖާބިރު ވަނީ މީހުން ބަލައިގަންނަން ފަދަ ގޮތަކަށް ހެދުން އެޅުމާއި މީހުންނަށް ކަމުދާނެހެން ހުރުމަކީ އޭނާ ކުުރާހިތްވާ ކަމެއްަން ފާހަގަކުރައްވާފައެވެ.

" ތަންކޮޅެއް ގިނައިން ކަންނޭނގެ އަޅުގަނޑު ސެންޓު ޖަހަނީ. އަޅުގަނޑު އަންހެނުންވެސް ބުނާނެ ހާދަ ގިނައިންނޭ ތި ސެންޓު ޖަހަނީ. އެއީ ދެން އަޅުގަނޑަށް ވަރަށް ފިޓު ގޮތެއް އެއީ ކޯޓު ލައިގެން މީޓިންތަަށް ދިއުމާައި، ތަހުޒީބުކޮށް ދެން ޕްރެޒެންޓް ކުރުން. އަޅުގަނޑު ވަރަށް ގިނަ ދުވަހު ޔޫރަޕްގައި އުޅުނިން ޓޫރިޒަމްގައި އުޅުނިން، ވިޔަފާރީގައި ވެސް ދުނިޔޭގެ ތަހުޒީބު ބޭފުޅުންނާއި ކޮށް އުޅެވުނީ. ރާއްޖޭގައި ވެސް ވިޔަފާރިވެރިންނާއި ވެސް ގާތް. އެހެންވީމަ ތަހުޒީބުކޮށް ޕްރެޒެންޓުވުން އެއީ ވަރަށް މުހިންމު ކަމެއް." އޭނާ ވިދާޅުވިއެވެ.

ޖާބިރު ވަނީ އެހެން މެމްބަރުން ކޯޓު ނުލާތީ އުނދަގޫވާ ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް ފަހަރު އެ ބޭފުޅުންނަށް ކޯޓު ކުށްޔަށް ދޫކުރާނެ ވާހަކަވެސް ދަންނަވާފައިވާނެ ކަމަށް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮލަމާފުށިި މީހާ

    ބައްލަވާ ތި ގަސިމުގެ ޙަޤީޤަތް ހިންގެ ކޮލަމަފުިށި ވިލިގިލި ބޭފުޅުންނަށް. 1980 ހިސާބު އެސޮރު ޖަގިޔާ ކޮޅެއް ލައިގެން ލޮލީ ވިއްކަންވެސް އުޅުނު. ވަރަށް ވަކަރުގޭ ވައްތަރަށް އުޅުނީ ދެން މިހާރު ކޮން ތަހުޒީބެއް ކިޔާކަށް. މީނާއަށް އަދި ދުނިޔެ ފެނުނީ ދިޔާނާ ފެނުނު ހިސާބުން. ހެނުން ނޫންނަމަ މި ސޮރު ހުންނާނީ އަދިވެސް ލޮލީ ވިއްކަން.

    6
    9
  2. އެމަންޖެ

    ދިޔާނާޔާ ތިސުވާލު ކުރެއްވުން އެދެން.

  3. ހުސޭނުބޭ

    މަށާ ޖާބިރާ ދެމީހުން މިއީ ވާދައަށް ބިޑިއަތަރު ޖެހި ދެމީހުން! ޖާބިރަށް ކުއްލި މުއްސަގިކަމެއް ލިބުނީމާ މިހާރު މާ ފޮނިވެގެން އެ އުޅެނީ!

    8
    2
  4. އަލީ

    ތަހުޒީބުކޮށް ސެންޓްޖަހާގެން ގޮސް އަވަގުރާނަ ގޮވަނީ ދޯ

  5. ސަންބޯސާ

    ޖާބިރު އެންމެ ވައްތަރީ ޒަކީއާ.އަޑުވެސް ވަރަށް ވައްތަރު.kobA ޙަޤީޤަތަކީ.

  6. ދިތާ

    ޖާބިރަށް އެންމެ ކަމުދަނީ ކޮންކަހަލަ ބުއިމެއްތޯވެސް އަހާލި ނަމަ .އަހުން އެންމެ ބަލާލަން ބޭނުންވާ ކަމަކީ އެއީ