އިންޑިޔާގެ ބައެއް ހޮސްޕިޓަލުތަކުން، ފަޤީރުންނާއި ފުދިގެން އުޅޭ މީހުންގެ މެދުގައި ތަފާތުކުރާކަމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ހަމައެހެންމެ، ފަޤީރުންގެ އާއިލާ މީހުން މަރުވުމުން، މަރުވެފައިވާ ހަށިގަނޑު އުފުލަން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށް ނުދިނުމުގެ އެތައް މައްސަލައެއްވެސް ފެންމަތިވެފައެވެ.
އަނެއްކާވެސް، އެޤައުމުން އެފަދަ ކަމެއްވަނީ މެދުވެރިވެފައެވެ. އެހެންނަމަވެސް، އެއީ، ދުވަސްވީ ފިރިހެނަކު ފިރުކިފައި ހޮސްޕިޓަލުން ނިކުތް އިރުވެސް، އެހޮސްޕިޓަލުން އެމީހާއަށް ވީލްޗެއަރ އެއް ފޯރުކޮށް ނުދިން މައްސަލައެވެ.
"ޓައިމްސް އޮފް އިންޑިޔާ" އިން ބުނެފައިވާ ގޮތުގައި މި ފިރިހެން މީހާއަކީ ބެންގަލޫރުގެ ކައިރީގައި އޮން ރަށްފުށު ސަރަޙައްދެއްކަމުގައިވާ ކަމަގައްޓާ އަވަށަށް ނިސްބަތްވާ މީހެކެވެ. އަދި، މި މީހާ ފަރުވާ ހޯދުމަށް ގޮސްފައިވަނީ ބެންގަލޫރުގެ މަހޭސްވަރަމުގައި ހުންނަ ހޮސްޕިޓަލަކަށެވެ.
މި ހޮސްޕިޓަލުގެ އިސް ޑޮކްޓަރެއްކަމުގައިވާ ޑރ. ބަނޫމުރުތީ ބުނެފައިވަނީ މި ބަލި މީހާ ވީލްޗެއަރ އަކަށް އެދިފައެއް ނުވެއެވެ. އަދި، މި މީހާގެ ފައިގައި ބެންޑޭޖު އެޅުމަށްފަހު މޭޒެއްގެ މަތީގައި އެމީހާ ބޭންދިކަމަށާއި އަދި އެމީހާގެ އާއިލާގެ މެންބަރުންނަށް އެންގިކަމަށްވެސް ބުނެފައިވެއެވެ.
ޑޮކްޓަރު އިތުރަށް ބުނެފައިވާ ގޮތުގައި ދެން ފެނުނީ އެމީހާ ފިރުކިފައި ބޭރަށް ދާ ތަންކަމުގައެވެ. އަދި، އެމީހާ ހޮސްޕިޓަލަށް އައިސްފައިވަނީ ހިނގާފައިކަމަށްވެސް ބުނެފައިވެއެވެ.
މިއީ 70 އަހަރު މީހެއްކަމަށްވާއިރު، މިކަން ހިނގާފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތުއެވެ.
ތިހެންކިޔާބަލަ ހުރިހާ ކަމެއްވެސް ހުރީ ތިކަހަލަ ގޮތަކަށް، ގަދަމީހާޔަށް ގަދަގޮތް، ދެރަނިކަމެތި މީހާޔަށް ދެރަގޮތް ހުރިހާކަމެއްގައެސް އިންޑިޔާގައި އޮންނަނީ،
އިންޑިއާގެ ރައްޔިތުންނާމެދު އެމީހުން ކަންތައް ކުރާ އިހާނެތި ގޮތާމެދު ކަލޭ ބުނަނީ ކީކޭ ޖަރީމާ ރައީސް؟
ކުއްލިއަކަށް އިންޑީޔާގެ ވާހަކަ ތައް މިނޫހުން ޖަހަން ފަށައިފިކަން ވަރަށް ފާހަގަވޭ، މިއީ އަނެއްކާ ސިޔާސީ ގޮތުން ބުލީކުރުންބާ؟
އަދިސް ތި އިންޑާ ވަރުގެ ގައުމެއް ނެތިގެން މިރާއްޖޭގެ މޮޔަ އާޔަތުން އެބައުޅޭ