މީގެ 28 އަހަރު ކުރިން ބޭންކެއް ފަޅާލައިގެން ދެމިލިއަން ޔޫރޯ (36 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ވަގަށްނަގައިގެން ފިލައިގެން އުޅުނު ފްރާންސް މީހަކު އެންމެ ފަހުން ހައްޔަރު ކުރެވިއްޖެއެވެ.

ގިލެސް ބާޓިން ނަމަކަށް ކިޔާ 57 އަހަރުގެ މިމީހާ ހައްޔަރު ކުރަން ޔޫރަޕްގެ ހުރިހާ ގައުމަކުންނާއި އަދި އެހެނިގެން ބައެއް ގައުމުތަކުން ވެސް މީގެ ކުރިން މަސައްކަތް ކުރިއެވެ. ގިލެސް ހައްޔަރު ކުރަން ކުރި މަސައްކަތްތައް ކާމިޔާބު ވެފައި ނުވަނިކޮށް ފްރާންސްގެ ފުލުހުންނަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް ކުރިން ނިންމާފައި ވަނީ އޭނާ މަރުވެފައިވާ ކަމަށެވެ.

ގިލެސް ބޭންކެއް ފަޅާލީ 1998 ވަނަ އަހަރުގެ އޭޕްރިލް 27 ވަނަ ދުވަހު އެވެ. އޭނާ ވަނީ އޭގެ ފަހުން ބާސެލޯނާ އާއި ޕޯޗްގަލްގައި ދިރިއުޅެފައެވެ. ގިލެސް ފުލުހުންނާއި ހަވާލުވީ އަމިއްލަައަށެވެ. ގިލެސް ފުލުހުންނާއި ހަވާލުވުމަށް ފަހު ބުނީ ފުލުހުންނާއި ހަވާލުވީ ކަންބޮޑުވުމާއި ހާސްކަމުގައި އަބަދު ދޮގު ހަދައިގެން އުޅެއުޅެ ވަރުބަލިވެގެން ކަމަށެވެ.

އެންމެ ޒުވާން ދުވަސްވަރު މަސްތުވާތަކެއްޗަށް ދެވިހިފި ގިލެސް ފަހުން ވަނީ މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލުމަށް ފަހު ބޮޑެތި ވައްކަންތަކެއް ކޮށްފައެވެ.

ގިލެސް ފަސް އަހަރަށް ޖަލަށް ލުމަށް އިއްޔެ ފްރާންސްގެ ކޯޓަކުން ވަނީ ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު