މީސް މީޑިޔާގައި މަޝްހޫރުވެގެން ދިޔަ ''ޕާރީ ހޯ ރަހީ ހޭ'' ކިޔާފައިވާ ޑަނަނީރު މޮބީންއަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މަޝްހޫރު ވެގެން ދިޔަ ފަންނާނެކެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ މި ލަވަ ކިޔާފައިވަނީ ބޮލީވުޑުގެ ފިލުމެއްގެ ކެރެކްޓަރއަކަށް ބަލައިގެން ކަމަށް ޑަނަނީރު ބުނެފައިވެއެވެ.

ފިލުމު ކަބީ ޚުޝީ ކަބީ ޣަމްގައި ކަރީނާ ކަޕޫރު ޚާން ކުޅެފައިވާ ރޯލު ''ޕޫ'' ގެ ބޮޑު ސަޕޯޓަރެއް ކަމަށްވާ ޑަނަނީރު ބުނެފައިވަނީ މި ލަވަ ނުވަތަ މި ވީޑިއޯކޮޅު އޭނާ ތައްޔާރު ކޮށްފައިވަނީ މި ކެރެކްޓަރއަށް ބަލައިގެން ކަމަށެވެ.

ބޮލީވުޑު ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ޑަނަނީރު ބުނެފައިވަނީ އޭނާއަކީ އާއްމު ދިރިއުޅުމުގައި ވެސް ޕޫގެ ޑައިލޮގުތައް ބޭނުން ކުރާ މީހެއް ކަމަށެވެ. ރަހުމަތްތެރިންނާއި އެކު ހޭދަ ކުރާ ވަގުތު ތަކުގައި އާއްމުކޮށް ޕޫގެ ޑައިލޮގުތައް ބޭނުން ކުރާ ޑަނަނީރު ބުނެފައިވަނީ މިއީ އާއްމުގޮތެއްގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ ޑައިލޮގު ތަކެއް ކަމަށެވެ.

''ޕޫ'' ގެ ކެރެކްޓަރއަށް ހުއްޓުމެއް ނެތި ތަޢުރީފު ކުރަމުން ޑަނަނީރު މި އިންޓަވިއުގައި ބުނެފައިވަނީ މި ކެރެކްޓަރއަކީ މިހާރު އޭނާގެ ގައިގައި ހަރުލާފައިވާ ކެރެކްޓާއެއް ކަމަށެވެ.

ކަރީނާ ކަޕޫރަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ސުވާލު ކުރުމުން ޑަނަނީރު ބުނެފައިވަނީ ކަރީނާގެ ދެ ކުދިންނަކީ ވެސް ލޯބި ލޯބި ތުއްތު ދެ ކުދިން ކަމަށެވެ.

''ރަސޯޅޭ މޭން ކޯންތޯ'' ތައްޔާރު ކުރި ޔޭޝްރާޖު މުޚަތޭ ރާގާއި އެކު ޑަނަނީރުގެ މި ބުނުންތައް ލައިގެން ތައްޔާރު ކޮށްފައިވާ ވީޑިއޯ ހިއްސާކޮށް ޑަނަނީރު ބުނެފައިވަނީ މީގެ ފަހުން އޭނާ ކުރާނީ ޕާޓީއެއް ނޫން ކަމަށާއި ޕާރީ ކަމަށެވެ.

މި ވީޑިއޯއަށް އެތައް މަޝްހޫރު ފަންނާނުންނެއް ވެސް ވަނީ ވީޑިއޯ ތައްޔާރުކޮށް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.