ފޭސްބުކް މެސެންޖާ އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ޑައުންވެ ވަރަށް ގިނަ ބަޔަކަށް މިއެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ދަތިތައް ކުރިމަތިވެއްޖެއެވެ.

މިއީ ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ ތިން އެޕްލިކޭޝަނެވެ.

އިންސްޓްގްރާމް އެއްކޮށް ޑައުން ވެފައި ވާއިރު މެސެންޖާ އާއި ވަޓްސްއެޕް ބޭނުން ކުރުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ.

މިއެޕްލިކޭޝަންތައް ޑައުންވީ ހުރިހާ އެންމެންނަށް ކަމެއް ނުވަތަ އެޕްލިކޭޝަންތައް ބޭނުންކުރާ ވަކި ބަޔަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ދިމާވެފައިވާ މައްސަލަ އާއި ގުޅޭ ގޮތުން އަދި މިހާތަނަށް ފޭސްބުކް އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ އެޕްލިކޭޝަންތަކަށް ދޭތެރެ ދޭތެރެއިން ޑައުން ވުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް މައްސަލައަށް ދާއިމީ ހައްލެއް ނުގެނެވޭތީ ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.