އިންޑިއާގެ އުއްތަރު ޕަރްދޭޝްގެ ސިޓީއެއްްކަމުގައިވާ ނޮއިޑާގައި އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރާލައިފިއެވެ.

އެ އަންހެން ކުއްޖާ މަރާލާފައިވަނީ 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ.

މަރާލެވުނު އަންހެން ކުއްޖާގެ ހަށިގަނޑު ބެލުމަށްފަހު ޑޮކްޓަރުން ބުނެފައިވަނީ އެ ކުއްޖާއަށް އެކި ވަރުގެ އަނިޔާތަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކަރުގައި ހިފާ ނޭވާ ހާސްކުރުމާއި ހަށިގަނޑުގެ އެކި އެކި ގުނަވަންތަކަށް ގެއްލުން ދީފައިވާ ކަމަށްވެސް ޑަކްޓަރުން ބުނެއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވާ ގޮތުގައި މަރާލެވުނު އަންހެން ކުއްޖާއަށް ޖިންސީ ގޯނާވެސް ކޮށްފައިވެއެވެ.

އަދި އެ ފިރިހެން ކުއްޖާއާއި ސުވާލުކުރުމުން އަންހެން ކުއްޖާ މަރާލިކަމަށް އެއްބަސްވެފައިވާ ކަމަށާއި އަންހެން ކުއްޖާ މަރާލީ ނޮއިޑާގައި ހުންނަ ފައްޅިއެއްގެ ކައިރިއަށް ގެންގޮސް ޖިންސީ ގުޅުން ހިންގަން އުޅުމުން އެކަމާއި ދެކޮޅު ހެދުމުން ކަމަށްވެސް ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާއަށް އެކި އެކި އަނިޔާ ދިން ކަމަށާއި ގަލުންނާއި ދަނޑިބުރިންވެސް އަނިޔާކޮށްފައިވާ ކަމަށް އެއްބަސްވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަނިޔާކޮށް މަރާލެވުނު އަންހެން ކުއްޖާގެ ބައްޕަ ބުނެފައިވަނީ ބޭނުމީ މަރަށް މަރު ހިފަން ކަމުގައެވެ. އަދި ކިތަންމެ ކުޑަ ކުއްޖެއް ނަމަވެސް ދުލެއް ދޭން ބޭނުން ނުވާ ކަމުގައި ބައްޕަ ބުނެފައިވެއެވެ.

އަންހެން ކުއްޖާ މަރާލި 12 އަހަރުގެ ފިރިހެން ކުއްޖާއަކީ ސިކުނޑީގެ މައްސަލައެއް އުޅޭ ކުއްޖެއް ކަމަށް އެ ސިޓީގެ ބައެއް މީހުންބުނެއެވެ. އަދި ފުލުހުންގެ ޓީމެއް މިހާރު ދަނީ އެ ސިޓީއަށް ގޮސް އެ މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ،

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    މަރަށް މަރު ނޫން އެހެން އަދަބެއް ދީގެނެއް ނުވާނެ.. އަވަހަށް ޖެހޭނީ މަރާލާން...

  2. މީ

    ސޭޑް