މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފަކީ އެންމެ ތަފާތު، އެންމެ ޝައުގުވެރި މިނިސްޓަރޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހެދުން އަޅާ ތަފާތު އުސްލޫބާއި، ތަފާތު ކަލެކްޝަންތަކާއި މިއުޒިކަށް އޮންނަ ލޯބި ފަދަ ތަފާތު އެތައް ކަމަކާ ހުރެ ފަލަ ސުރުހީ އިން އަބަދުވެސް މަހްލޫފް ގެންދަވަނީ ޖާގަ ހޯއްދަވަމުންނެެވެ.
އެންމެ ފަހުން މިފަދައިން ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދި ވާހަކަ އަކީ މަހްލޫފްގެ ހަށިހެޔޮކަމުގެ ވާހަކައެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ޓްވިޓާ އާއި ފޭސްބުކްގައި މަހްލޫފް އާއްމު ކުރެއްވި ފޮޓޯތަކުން ފެންނަނީ މިނިސްޓަރު މަހްލޫފްގެ "ބިޔަ ވަމުން އަންނަ ޗާލު ހަށިގަނޑެވެ." އެ ފޮޓޯ އަށް އެތައް ބައެއްގެ ސަމާލުކަން ލިބުނު އިރު އެ ފޮޓޯ އާއެކު މަހުލޫފް، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން(ރޮކް)ގެ އާއްމުކޮށް ބުނާ ވާހަކައެއް ވެސް ހަނދާންކޮށް ދެއްވިއެވެ.
އެއީ ހަމައެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި އަމަލުން ކަންކަން ކުރަން ޖެހޭކަން ހަނދާންކޮށް ދީފައިވާ ބަސްކޮޅެކެވެ.
ފަހުން އެނގުނު ގޮތުގައި މަހްލޫފް ތަންކޮޅެއް ކުރިން ޖިމުގައި އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯ އަކަށް އޭނާއާ ރަހުމަތްތެރިކަމުގެ ގާތް ގުޅުމެއް އޮންނަ އަހްމަދު އަޒްނިލް ވަނީ މަޖާޒީ ގޮތަކަށް މަލާމާތްކޮށްފައެވެ.
އެ ފޮޓޯގައި ފަލަ މީހުންނަށް ސަޕޯޓް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށް އަޒްނިލް ބުނެފައި ވާއިރު މަހްލޫފް ވަނީ އޭނާ އޭރު ހުރި ގޮތާއި "ބޮޑީ ބިލްޑް" ކުރުމަށް ފަހު ހަށިގަނޑު ހުރި ގޮތް ވެސް ދައްކާލައިފައެވެ.
މިއީ ބަލާލަން ކިތަންމެ ރީތި ބަދަލަކަށް ވީ ނަމަވެސް މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ވަކި ތާވަލަކަށް ގަޑި ހުސް ކޮށްގެން ކުރި މި މަސައްކަތާއި މަހްލޫފްގެ އުފަންދުވަހާއި ވެސް ގުޅުމެއް އެބަ އޮތެވެ. މިއަދު މަހްލޫފް އޭނާގެ މީސްމީޑިއާގައި ވިދާޅުވި ގޮތުގައި ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން އޭނާ ނިންމީ މިދިޔަ އަހަރު އޭނާގެ 40 ވަނަ އުފަންދުވަހުއެވެ.
އަދި މި އަހަރު 41 އަހަރު ވި އިރު ހަށިހެޔޮވެ، ސިއްހީ ހާލު ރަނގަޅުވުމުގެ އިތުރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ވެސް ފައްސި ބަދަލުތަކެއް އައިސްފައިވާ ކަން މަހްލޫފް ވަނީ ފާހަގަކުރައްވާފައެވެ.
މަހްލޫފް "ވަގުތު" އަށް ވިދާޅުވީ ހަށިގަނޑަށް ބަދަލު ގެންނަން ކުރި މަސައްކަތް ދަމަހައްޓަން އުނދަގޫވި ނަމަވެސް ހިތްވަރާއެކު ކުރިއަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮނޑަށް ލިބުނު އަނިޔާ ކަމަށާއި އެ މައްސަލަައާ ގުޅިގެން ކަސްރަތު ނުކުރެވިދާނެތީ ކަންބޮޑުވެވަޑައިގެންނެވި ކަމަށް މަހްލޫފް ވިދާޅުވިއެވެ.
" އެންމެ ކުރީކޮޅުގައި ފަސޭހައީ. ފަހުން އައިސް އުނދަގުލީ. އެއީ ޑައިޓާއި އެއްޗެހި ސްޓްރިކްޓްކޮށް ހަދަން ފެށީމަ. ދެން ކޮނޑަށް ވަރަށް ބޮޑަށް ތަދުވެގެން އެ ޓެއައެއް ވެފައި އިން ވާހަކަ އާއި ފިޒިއޯ އެއްޗެހި ހަދައިގެން ވެސް ރަނގަޅު ނުވާނެ ވާހަކަ ބުނެފައި ސަރޖަރީ އެއް ހަދަން ޖެހޭނެ ވާހަކަ ބުނީމަ ދެން ވަރަށް ދެރަވި ދުވަހެއް އެއީ. ހަދައިފިއްޔާ ކޮނޑަކީ މީހުން ބުނަނީ ދެން ވޯކްއައުޓް އެއްޗެހި ނުހެދިދާނެއޭ. އަސްލު ހަމަ ކޮންމެ މީހަކަށް ވެސް އަސްލުގައި މިކަން ވާނެ. ރަނގަޅަށް މަސައްކަތް ކުރީމަ ކޮންމެ މީހަކަށް ވެސް ވާނެ. ކޮންމެހެން ބޮޑީ ޓްރާންސްފޯމް ނުކުރިއަސް ފިޓްކޮށް ހެލްތީކޮށް ހުރުމަކީ ކޮންމެ މީހަކު ވެސް ކުރަން ވަރަށް މުހިންމު ކަމެއް." އޭނާ ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ފޮޓޯ ޝޫޓަށް ތައްޔާރުވާން ހަކުރާއި، ތެލާއި، ލޮނު ނުލާ ކާން ޖެހުމުން އުނދަގޫވި ކަމަށެވެ. ނަމަވެސް ފޮޓޯ ޝޫޓަށް ފަހު ޑިސްކާއި މަސްބުރި ރިހަ ފަރިއްކުޅުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޥަޒީރު ކަން ވެސް ތިގޮތަށް ގަޔާވެގެން ކޮށްބަލަ ...
ހާދަ ހަރަދެކޭ މިކުރަނީ އަމިއްލަޔަށް އިސްތިހާރުވާން
" ޕޮލިޓިކަލް ޕަވަރ އިޒް ސްޓްރޯންގަރ ދެން މަސްލް ޕަވަރ "
ޔާ ﷲ މަހުލޫފަށް ހެޔޮ ވިސްނުން ދެއްވާށި އާމީން..
ހަނދު ބޮޑުވާ މޫސުމަށް ވާކަމެއްތޯ މީ؟
ހާދަވަރަކަށް ޓަޗްކޮށްފަ ހުރި ފޮޓޯތަކެއް؟ "ޑޮޖް އެންޑް ބާރން" އިޒް ޔުއަރ ސީކްރެޓް ދޯ
އަހަރުމެންވެސް ބޭނުންވޭ ހަށިހެޔޮ ފިޓް ބަޔަކަށް ވާން..ޖިމަށް ނުގޮސް ވާވަރެއް ކުރެވިދާނެ.. ޖިމަށް ދެވޭނީ މަހުލޫފް ފަދަ ތަނަވަސް ބޭބޭފުޅުންގެ ދީލަތި އެހީ ލިބިގެން..މި ބުނި އެއްޗެއް ސާފުވެއްޖެ ކަމައް ހީކުރަން..
ޥަގުތުން ހާދަ ވަރަކަށް މީނަ ޕުރޮމޯޓު ކުރެޔޭ
ނަލަ ގުދު ލާފަ ތިބޭ މީހުންނަކީ މަށަށް ކަމުދާ ފިރިހެނުންނެއް ނޫން. ފޮނި މީހުން ނަލަގުދު ލާފަ ތިބޭނީ. ކިނބޫ ވެސް ހުންނަނީ ނަލަގުދު ލާފަ.
ދެން ބުނީ މީހުން ބުލީކުރަނީއޭ. އެސްއޯއެފުން ދިން އެމްއެމްޕީއާރުސީގެ ޑޮލަރު ކޮޅު އަދިވެސް ހުސްނުވަނީތަ؟؟
ތިޔަހެން ހަށި ނުވިއްކާ ތިޔަ ހަށިގަނޑުގެ ހައގު ވެރިޔަކު މިހާރު އެބަހުރި އަނުވިތާކަށް މީހެއްގެ ހަށިގަނޑު ތިމާމީހާގެ ބޯ ޖަހައިގެން ވަރައްގޯސް ކަ މެއް އެއީ ދެއްތޯ..
“އޭނާ ވިދާޅުވީމަ” ދެން ސަޅިތަ. ދިވެހި ބަހަށް ކުރަފި ނާރުވާ ދަރަޖަ ބޭނުން ކުރަން ނޭނގެންޏާ ދަސްކޮށްބަލަ ނޫނީ މަސްހުނި ނުކޮށް އެއްގޮތަކަށްވެސް ބޭނުން ނުކުރާނަމަ ދޯ
މަހޭ އިސްތިއުފާ!!!!!
ބޮޑީކޮށްލިކޮށްލީނުން އެއޮތީ ހަމުގެ ކުލަވެސް ބަދަލުވެފާ.
ދުނިޔޭގެ ޒީނަތްތެރިކަމަށް ހުސްވެފައި
ފިޓުވި އިރު މީހާ ތިހިރީ ދެލި ގަނޑަކަށްވެފައި އެވީ ކިހެނެއްބާ
ދުނިޔެއާހެދިގެން ހޭބަލިވެފަހުރި މީހެއް. މިނިސްޓަރ އޮފް ސެލްފް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އަލްފާޟިލް އަހްމަދު މަހުލޫފް. މިސޮރު މޮޑެލްކުރަން ފޮނުވާލާފަ ތަންކޮޅެއް ހިންގުންތެރި އަކު ހޯދެބަ