މިއީ ތެދުވެރިންނާއި އަމާނާތްތެރިން މަދު ޒަމާނެކޭ ބުނަނީ ސަބަބެއް ނެތިގެން ނޫނެވެ. އެފަދަ އެތައް ކަމެއް މެދުވެރިވެގެންނެވެ. އެހެންކަމުން، މީހެއްގެ އަމާނާތްތެރިކަމުގެ ވާހަކައަކީ، އެތައް ބަޔަކު ދައްކާ ވާހަކައަކަށްވަނީ ވެފައެވެ. އެކަމަށް، އެތައް ސަމާލުކަމެއް ލިބޭ ކަމަކަށްވަނީ ވެގެން ގޮސްފައެވެ.

އެގޮތުން، މިއީވެސް އެފަދަ މިސާލެކެވެ. ކަސްޓަމަރަކަށް އޮޅިގެން، ރެސްޓޯރެންޓެއްގެ މޭޒުމަތީގައި ބާއްވާފައި ދެވުނު 25 ލައްކަ ރުޕީސް، ކަސްޓަމަރަށް ރައްދުކޮށްދޭން، ވޭޓަރު ދަނީ މަސައްކަތް ކުރަމުންނެވެ.

ރަވީ

ރަވީ ނަމަކަށް ކިޔާ މި ވޭޓަރު، އެދުވަހުވެސް މޭޒު ކައިރިއަށް ދިޔައީ، އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ. އެއީ، ކަސްޓަމަރަކު ދިޔުމުން، އެހެން ކަސްޓަމަރަކު އަންނަން ވާއިރަށް މޭޒުމަތި ސާފުކުރުމަށެވެ. އެހެންނަމަވެސް، އެދުވަހު، މޭޒުމަތިން އޭނާއަށް ފެނުނީ އޮތްގޮތަށް އޮތް 25 ލައްކަ ރުޕީސް އެވެ. މީހަކު މުއްސަނދިވާހާ ފައިސާއެވެ.

ކަސްޓަމަރަށް މި ފައިސާތައް ރައްދުކޮށްދޭން ބޭނުންވިކަމުގައިވިޔަސް، އެއީ ކާކު ކަމެއް ރަވީއަކަށް ނޭނގެއެވެ. އަދި، ފައިސާތަކެއް ގެއްލިގެން، މީހަކުވެސް، އޭނާ މަސައްކަތް ކުރާ ރެސްޓޯރެންޓަށް އައިސްފައި ނުވެއެވެ. އެހެންކަމުން، އޭނާވަނީ އެފައިސާތައް ފުލުހުންނަށް ހަވާލުކޮށްފައެވެ. ނަމަވެސް، ފައިސާތަކުގެ ވެރިޔާ ހޯދުމުގައި، އަދި ކުރިއެރުންތަކެއް ލިބިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު