ވޭތުވެދިޔަ 70 އަހަރުތެރޭ ތޫފާންތައް ދަރުތުކުރާ ބާރުމިން ދަށްވެ ދަނީ އިތުރަށް ނުރައްކާވުން ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ދާދިފަހުން ސައިންސްވެރިން ހެދި ދިރާސާއަކަށް ފަހު ބުނެފައިވަނީ ތޫފާންތަށް އާންމުކޮށް ދަތުރުކުރާ ބާރުމިން 10 އިންސައްތަ ފާއިތުވެދިޔަ 70 އަހަރުތެރޭ ދައްވެފައިވާފައިވާކަމަށެވެ. މީގެ ސަބަބުން ތޫފާނުން ލިބޭ ގެއްލުން ދަނީ ބޮޑުވަމުން ކަމަށް ދިރާސާގެ ނަތީޖާ އިން ދައްކައެވެ.

ތޫފާންތަށް ދަތުރުކުރާ ބާރުމިން ދަށްވުމުގެ ސަބަބުން ތޫފާން އަރާ ސަރަހައްދަކަށް ލިބޭ ގެއްލުނތައް ބޮޑުވެއެވެ.

އެޓޮމޮސްފެއަރިކް ސައިސްވެރިއެއް ކަމަށްވާ ޖޭސް ކޮސިން ވިދާޅުވީ 1949 އިން ފެށިންގެ 2016 ވަނަ އަހަރާއި ހަމައަށް އެޓްލާންޓިކް ކަނޑުގައި ތޫފާންތަށް ދަތުރުކުރާ ބާރުމިން އެކި ރޭޓް ތަކުގައި ދަށްވެފައިވާކަމަށެވެ.

މިހެން މެދުވެރިވާން ދިމާވާ ސަބަބު އަދި ދެނެގަނެވިފަައި ނުވާއިރު އެމެރިކާ ސަރަޙައްދުގައި މިހާރު ދައުރުވަމުންދާ ތޫފާންތަކަކީ ފަހުގެ ތާރީޚެއްގައިވެސް ރެކޯޑު ކުރެވިފައިނުވާހައި ބާރުގަދަ ތޫފާންތަކަކެވެ.

އެމެރިކާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި އެމެރިކާގެ އެކި ސްޓޭޓްތަކަށް މިއަހަރު 111 އަށްވުރެ ގިނަ ތޫފާން އާއި ނަގޫ ރޯޅި އަރާފައިވާކަމަށާއި މިފަދަ ތޫފާންތަކުގެ ނުރައްކާތެރިކަން ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައިވެސް ކުރިމަތިނުވާކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނާގޮތުން ފަހަކަށް އައިސް ތޫފާންތަށް އުފެދޭމިންވަރު އެހެން އަހަރަތުތަކަށްވުރެ ގިނަ ކަމަށެވެ. މޫސުމާއި ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތްތާގައި އަދިވެސް ތޫފާންތަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު އަޙުމަދު

    މަމެންނަށް އެނގެޔޭ އެއީ ޤިޔާމަތުގެ ޢަލާމާތެއްކަން