ތިން ޖިންސީ ގުނަވަން ހުރި ފިރިހެން ކުއްޖަކު އިރާގުގެ ދެމަފިރިއަކަށް ލިބިއްޖެ ކަމަށް އެގައުމުގެ ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާތަކުން ބުނެފިއެވެ.

އިރާގުގެ މޫސަލް ކައިރީ އޮންނަ އަވަހަށަކަށް އުފަންވި މިކުއްޖާ އަކީ މިފަދަ ނުކުޅެދުންތެރިކަމެއް ހުރި ފުރަތަމަ ކުއްޖާ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ކުއްޖާ އުފަންވި އިރު ކުއްޖާގެ ހަށިގަނޑުގައި ހުރި އިތުރު ގުނަވަންތައް މިހާރު ވަނީ އޮޕަރޭޝަނެއްކޮށްގެން ނަގާފައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ކުއްޖާ އަށް މިފަދަ ނުކުޅެދުންތެރިކަމެއް ކުރިމަތިވި ސަބަބެއް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް އެއީ މާބަނޑު ދުވަސްވަރު މައިމީހާ ބޭނުންކުރި ބޭސްތަކެއްގެ ސަބަބުން ނުވަތަ އާއިލާގައި ޖެނެޓިކް މައްސަލައެއްގެ ސަބަބުން ދިމާވެދާނެ ގޮތެއް ކަމަށް ބެލެވޭ ކަމަށެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ކުއްޖާގެ އިތުރު ސިއްހީ މައްސަލައެއް ހުރިކަން ފާހަގައެއް ނުކުރެވެއެވެ. އަދި އޮޕަރޭޝަނަށް ފަހު އޮޕަރޭޝަން ކުރި ތަނަށް ވެސް އިތުރު މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށް ޑޮކްޓަރުން ބުނެއެވެ.

މިކުއްޖާ އާއި ގުޅޭ މައުލޫމާތުތައް ހިމަނައިގެން މެޑިކަލް ޖާނަލްއެއްގައި ރިޕޯޓެއް އާއްމު ކުރަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އެއީ މިފަދަ ކަންކަމުގައި ކުރިއަށް އޮތްތަނުގައި އަމަލު ކުރާނެ ގޮތް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މެދުގައި މަޝްވަރާ ކުރުމުގެ ބޭނުމުގައެވެ.

ތިން ޖިންސީ ގުނަވަން ހުރި ކުއްޖަކު އުފަންވިކަން މީގެ ކުރިން ފާހަގަ ކުރެވިފައި ނެތް ނަމަވެސް ދެޖިންސީ ގުނަވަން ހުންނަން ފިރިހެން ކުދިން އުފަންވެފައި އެބަހުއްޓެވެ. ނަމަވެސް އެއީ އޮޕަރޭޝަން ކޮށްގެން ގިނަ ފަހަރަށް ރަނގަޅު ކުރެވޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރ

  ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގޮތަށްދޯ

  21
  6
 2. އަފީ

  އަހަރެން އަންހެނުން މަށަށްވެސް ކިޔަނީ " ބޭބީ " މި ޖެހުނީ ކަންތަކާ. މިއަދު ބަލާނަން މަގޭ ނަން އެގޭތޯ. މީ ނުކޮށް ދޫކޮށްލާވަރު ކަމެއް ނޫން.

  12
 3. ޖެނީ

  ތީ ނުކުޅެދުންތެރިކަމެއްތާ؟

  15
  1
 4. ލޮލް

  ތި އޮތީ ނަސީބު ލައްވާފަ އެއްނު

  14
  3
 5. އާނާ

  އޭގެ ބޭނުން ނުކުރެވޭނީބާ؟ ފަހަރުގަ ހަމަ މާ އަރާމު ވެސް ވެދާނެއެއްނު...

  16
  6
 6. ދަސްކުރާ

  ޖިިންސީ ތިންގުނަވަން، ތިން ޖިންސީ ގުނަވަން،، ދެގޮތުން ރަނގަޅު ގޮތަކީ ކޮބާ؟

  2
  1
  • އަޝްރަފް ޢަލީ ( ދިވެހި ބަހުގެ އެކަޑަމީ ގެ ރައީސް )

   ތިން ޖިންސީ ގުނަވަން