އާކިއޯލޮޖިސްޓުންގެ ޓީމަކަށް، 1000 އަށް ވުރެ ގިނަ އަހަރުވެފައިވާ ގަބުރެއް ފެނިއްޖެއެވެ. މި ގަބުރު ފެނިފައިވަނީ ޕެރޫގެ އެކަހެރި ސަރަޙައްދަކުންނެވެ.

ބެލްޖިއަމްގެ ޔުނިވާސިޓީ އޮފް ލިބާ ޑި ބްރުކްސެލްސްގެ ޓީމަކަށް މި ގަބުރު ފެނިފައިވަނީ، އެސަރަޙައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާތާ ނުވަ ހަފްތާގެ ތެރޭގައެވެ.

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޕްރޮފެސަރު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ގަބުރު އަދިވެސް އޮތީ، ވަރަށް ބޮޑަށް ބަންދުކޮށްފައި، ސަންދޯކެއް ކަހަލަ އެއްޗެއްގެ ތެރެއަށް ލައިފައިކަމަށެވެ. އަދި، މި ގަބުރު އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ގަބުރު ދިރާސާ ކުރުމުގެ މަސައްކަތަށް އަލި އަޅުވާލަމުން ބުނެފައިވަނީ އިތުރު އެހެން ތަޖުރިބާކާރުންނާއެކު މި ގަބުރުން ސާމްޕަލް ނަގައި، ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި، ދިރާސާ ނިމުމުން، މި މީހާ މަރުވެފައިވަނީ ބައެއްޔެއް ޖެހިގެންކަމަށްވާނަމަ، އެއީ ކޮން ބައްޔެއްކަން ދެނެގެނެވޭނެކަމަށާއި އަދި އުޅުނު މުޖުތަމަޢުގެ ސިފަތައްވެސް ދެނެގަނެވޭނެކަމަށް އުންމީދު ކުރާކަމަށްވެސް ބުނެފައިވެއެވެ.

ދާދިފަހުން، ފަލަސްތީނުގެ ބިން ކައިރިންވެސް ދުވަސްވީ އެއްޗެއް ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު