ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު ވަރަށް ތަފާތު ކަންތައްތަކާއި ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅާ މަންޒަރު ފެނެއެވެ. ރާއްޖޭގައި ވެސް ބައެއް ފަހަރު އެފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. މިފަހަރު ވެސް މިއޮތީ އެފަދަ މައްސަލައެކެވެ. އެމެރިކާގެ ލޫޒިއާނާގެ ގާނޫނީ ވަކީލަކު މިވަނީ އޭނާގެ ބޮސް ގޮވައިގެން ކޯޓަށް ގޮސްފައެވެ. ސަބަބަކީ ބޮސް މާރީތީއެވެ.

މާޒް ނަމަކަށް ކިޔާ އަންހެން ވަކީލެއްގެ މައްޗަށް ދައުވާ އުފުލި ޖެމީ ބުނެފައި ވަނީ މާޒް މާބޮޑަށް ވަނާތައް ހާމަވާގޮތައް ހެދުން އެޅުމުން އޭނާ އާއިއެކު މަސައްކަތް ކުރަން ވެސް އުނދަގޫ ވެއެވެ. އެހެންވެ މާޒް ނިވާކަން ބޮޑު ހެދުން ލާން އަންގާފައި އޮންނާނެ ކަމަށް ޖެމީ ބުނެއެވެ.

ޖެމީ ބުނާ ގޮތުގައި މާޒް ހެދުން އަޅާ ގޮތުން އޭނާ ހިޔާލު ފާޅުކުރާތީ މިހާރު އޭނާ ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

ނަމަވެސް މާޒް ބުނާ ގޮތުގައި ޖެމީ ވަޒީފާ އިން ވަކިކުރީ ޖިންސީ ފުރައްސާރަ އޭނާ އަށް ކުރާތީއެވެ. މާޒް ވަނީ ތިން އަހަރު ވަންދެން ތަފާތު އެކި ގޮތްގޮތުން ޖިންސީ ވާހަކަ ދައްކާ، އޭނާގެ ޒާތީ ކަންކަން އޮޅުން ފިލުވަން މަސައްކަތް ކޮށްފައި ކަމަށް ވެސް މާޒް ބުނެއެވެ. އަދި އަންހެނަކަށް ވީތީ އޭނާ އާއި މެދު ޖެމީ ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް މާޒް ބުނެއެވެ.

28 ސޮފްހާގެ މައްޗަށް އެކުލެވޭ ބޮޑު ބަޔާނެއް ޖެމީ ވަނީ މިހާރު ކޯޓަށް ހުށަހަޅާފައެވެ. މައްސަލައިގެ ޝަރީއަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު